ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ.މަކުނުދޫ ޞިއްޙީ މަރުކަޒުގެ ބޭނުމަށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުޔަށް ހިފުން

މި އިޢުލާނަކީ ހދ.މަކުނުދޫ ޞިއްޙީ މަރުކަޒުގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ގުދަންކޮށްގެން ބަލަހައްޓަންޖެހޭ ތަކެތި ބެހެއްޓުމަށްޓަކައި ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.

ވީމާ، ގުދަން ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/MqAvQDubm9HsWrTMA   މެދުވެރިކޮށް، 10 މާރިޗް 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 17 މާރިޗް 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
  3. ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6524029 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
  4. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 17 މާރޗް 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 20 މާރޗް 2024 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން  [email protected]އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން

  • ތަން: ޖަލްސާކުރާ މާލަން / ހދ.މަކުނުދޫ ޞިއްޙީ މަރުކަޒު        

ތާރީޚާއި ގަޑި: 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

10 މާރިޗު 2024
ހޯދާ