ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ.

1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ   02 ރަމަޟާން 1445 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 09:30 އިން މެންދުރު 11:30 އާއި ހަމައަށް މިކައުންސިލްގައި އޮންނާނެއެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދުދުވަސްތަކެއްކަމުގައި ކަނޑައަޅާފައިވާތީ، ނަގުދު ފައިސާއިން ފިޠުރުޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ފަހި ކޮށްދިނުމުގެ ގޮތުން 02 އެޕްރީލް 2024 އަދި 04 އެޕްރީލް 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ން 11:30 އަށް ކައުންސިލް އިދާރާ ހުޅުވިފައި ހުންނާނެވާހަކަ ދަންނަވަމެވެ.

          އޮންލައިންކޮށް (އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ) ފިޠުރުޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން  މިކައުންސިލްގެ ނަންބަރ 7710700379004 (1467-ޚަރަދު-02( އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށާއި އަދި ކޮންމެ ބާވަތަކަށް ވަކިން ޓްރާންސްފަރ ކުރުމުގައި ޢަދަދު ރަނގަޅަށް ޗެކްކޮށް، ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގެ ގޮތުގައި ދައްކާ ފައިސާގެ ތަފްޞީލް ޖައްސަވައި ( ޒަކާތް ދެއްކި ގޭގެނަން، މީހުންގެ ޢަދަދު، ޒަކާތް ދެއްކި ބާވަތް، އަދި ދެއްކި ފަރާތުގެ ނަން) ރިސިޕްޓް ސޭވް ކޮށް  9356677  ނުވަތަ 9717107 ނަންބަރަށް  ވައިބަރ މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. މިގޮތުން ލިބޭ ކޮންމެ ރިސިޕްޓް އަކަށް މިކައުންސިލުން ފައިސާ ބަލައިގެންދޭ ރަސީދެއް ހަދައި އެރަސީދުގެ ކޮޕީ ރިސިޕްޓް ފޮނުވި ނަންބަރަށް ވައިބަރ މެދުވެރިކޮށް ފޮނުވޭނެއެވެ.  

          މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ  ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވާފައިވާ ތިރީގައިވާ ރޭޓްތަކުންނެވެ.

ފިޠުރު ޒަކާތަށް މީހަކަށް ދައްކަންޖެހޭ ޢަދަދު ތިރީގައި މިވަނީ :

  • އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ :                   12.00ރ
  • ތައިލެންޑް ހުދު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ:             70.00ރ
  • ރަތް ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ:                     80.00ރ
  • ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ             70.00ރ
  • ބާސްމަތީ މޮޅު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ:              100.00ރ
  • ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަންވާނީ            125.00ރ
  • އާދައިގެ ގޮދަންފުށުން ނަމަ މީހަކަށް ދައްކަންވާނީ:                10.00ރ
  • އާޓާ ފުށުންނަމަ މީހަކަށް ދައްކަންވާނީ:                        75.00ރ

                މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.          

10 މާރިޗު 2024
ހޯދާ