މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސޯޝަލް މީޑިއާ ކޯޑިނޭޓަރ – (ކޯޕަރޭޓް ޕީ.އާރު)

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

(IUL)MMPRC-HR/1/2024/25:އިޢުލާން ނަންބަރު 

ވަޒީފާގެ ފުރުޞަތު.   

(IUL)MMPRC-HR/1/2024/22ނޯޓް: މިމަގާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު އިޢުލާން (22 ފެބްރުވަރީ 2024)

އާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ޝަރުތުހަމަވާ އެޕްލިކޭޝަންސްތައް ލިބިފައި ނުވާތީ، އެމަޤާމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަޤާމަށް ކުރިން ކުރިމަތި ލާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.  

 މަޤާމުގެ ނަން: ސޯޝަލް މީޑިއާ ކޯޑިނޭޓަރ – (ކޯޕަރޭޓް  ޕީ.އާރު)

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް:-/2,485 ރުފިޔާ މަހަކު

ފޯން އެލަވަންސް-/750 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

 ޑިޕާރޓްމަންޓް / ސެކްޝަން: ސޯޝަލް މީޑިއާ

 ބޭނުންވާ އަދަދު: 1

  1. ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)،

 ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު   ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

 ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ   ލިބިފައިވުން.

 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 ހ.  ކޯޕަރޭޝަންގެ ކޯޕަރޭޓް ސޯޝަލް މީޑިއާ އެކައުންޓްތައް ހޭންޑްލްކޮށް (ލިންކްޑްއިން، ގޫގްލް އަދި އެކްސް، ފޭސްބުކް،   އިންސްޓަރގްރާމް، ޓިކްޓޮކް އަދި ޕިންޓްރެސްޓް ހިމެނޭގޮތަށް) ބެލެހެއްޓުން.

 ށ.  ކޯޕަރޭޝަންގެ ލަނޑުދަނޑިތައްހާސިލްކުރުމަށްޓަކައި، އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މި ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ   މާކެޓިންގ ސްޓްރެޓެޖީތައް ތަންފިޒުކޮށް، ކާމިޔާބުމަކާއެކު ކުރިއަށްގެންދިއުން.

 ނ.  ކޯޕަރޭޝަންގެ ޕޮލިސީސް ތަކާއި، ޕްރޮސީޖަރަސް ތަކާއި އެއްގޮތްވާ ގޮތުގެ ސޯޝަލް މީޑިއާ ޕޯސްޓްތައް ތައްޔާރުކުރުން.

 ރ.  ސޯޝަލް މީޑީއާއާ ގުޅުންހުރި އެޑްވަޓައިޒިންގ ކެމްޕެއިންތައް ކުރިއަށްގެންދިއުމާއި އިތުރަށް ތަރައްޤީކޮށް ފެންވަރުމަތި   ކުރުމުގައި އެހީތެރިވުން.

 ބ.  މާކެޓިންގ ކެމްޕެއިންތައް/އިވެންޓްތައް ރާވާ އިންތިޒާމް ކުރުމާއި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެ   އެއްބާރުލުން ދިނުން.

 ޅ.  ޓްރެކިންގ އަދި އެނެލެޓިކް ޓޫލްތައް ބޭނުންކޮށްގެން ކެމްޕެއިންތަކުގެ ޕަރފޮމަންސް ބެލުމާއި  ރިޕޯޓްތައް ތައްޔާކޮށް   މެނޭޖްމަންޓާއި ހިއްސާކުރުން.

 ކ.  ކްރިއޭޓިވް ޓީމް އަދި މާކެޓިންގ ޓީމާއެކު ބްރެއިންސްޓޯމްކޮށް ތަފާތު ޚިޔާލުތައް ހޯދައި ސެކްޝަނުގެ މަސައްކަތްތައް   އިތުރަށް  ފުރިހަމަކުރުން.

 އ.  ސޯޝަލް މީޑީއާ ކެމްޕެއިންތައް، ކޮންޓެންޓް އަދި ސޯޝަލް މީޑިއާ ހެންޑްލްތަކުގެ ޕަރފޮމަންސް ޤަވާއިދުން ޓްރެކްކޮށް   ބެލެހެއްޓުން. މިގޮތުން ވިޒިޓަރސް ޕްރޮފައިލް، ވެބް ޓްރެފިކް، ފޮލޯވަރސް ގްރޯތް، ކޮންވަޒޭޝަންސް އަދި ރީޗް ފަދަ ކަންކަމަށް   ރިއާޔަތްކުރުން.

 ވ.  ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެކި އެކި ޕާޓްނަރސް ހޯދައި ހުރި ފުރުސަތުތައް ދެނެގަނެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް   އިތުރަށް ފުޅާކުރުން.

 ތ. ދިމާވާ އެކި ގޮންޖެހުންތައް ދެނެގަނެ މާކެޓިންގ ކެމްޕެއިންތައް ބޫސްޓްކުރުމުގެ މަސައްކަތްކުރުން.

 ގ. ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.

 ޏ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި   ކުންފުނިން އަންގާ އެންމެހާއި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 3.ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

 12 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

  4.ހުށައަޅަންޖެހޭ ލިޔުންތައް:

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ   ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ   ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

 5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން   އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ    https://corporate.visitmaldives.com/downloads/ މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ   ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6 އެޑްރެސް ކުރައްވާނީ:

 ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

07 މާރިޗު 2024 

07 މާރިޗު 2024
ހޯދާ