ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫގައި ތެލާއި ޕެޓްރޯލްގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން.

އިޢުލާން

 

ތ. ކަނޑޫދޫގައި ތެލާއި ޕެޓްރޯލްގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން.

 

         ތ. ކަނޑޫދޫ ބަނދަރުގެ އުތުރުކޮޅުން ތެލުގެ ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ތެލާއި، ޕެޓްރޯލްގެ ވިޔަފާރި ކުރުމަށް 25x48 ފޫޓުގެ ބިމެއް 25 އަހަރު ދުވަހަށް މަހަކު އަކަފޫޓަކަށް 90/- ލާރިއަށްވުރެ ކުޑަނުވާ އަގަކަށް ކުއްޔަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

 

         ވީމާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރިއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިބިން 25 އަހަރުދުވަހަށް ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 10 މާރިޗު 2024 ވަނަދުވަހުގެ 8:30 އިންފެށިގެން 14 މާރިޗު 2024 ވަނަދުވަހުގެ 11:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 25 މާރިޗު 2024 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ 14 މާރިޗު 2024 ވަނަދުވަހު 11:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/150 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މިއިދާރާގެ ނަންބަރު 7725-700437-001 ރެވެނިއު އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް މިއިދާރަގެ މެއިލް އެޑްރެސްކަމުގައިވާ [email protected] އަށް މެއިލް ކުރުމުން ފައިސާ ބަލައިގެން ކަމުގެ ރަސީދުއާއެކު މައުލޫމާތުޝީޓް މެއިލް ކޮށްދެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރަށް ދުރުވެ ފައިސާ ދެއްކުމުންވެސް މައުލޫމާތުޝީޓު މެއިލް ކޮށްދެވޭނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

               25 ޝަޢުބާން 1445

               07 މާރިޗު  2024

07 މާރިޗު 2024
ހޯދާ