ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯދަ ހަދިޔާގެ ގޮތުގައި ގެނެވޭ ކާރޑް ދޯނިން ބޭލުމާއި ގުދަން ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:

އިޢުލާން

ރޯދަ ހަދިޔާގެ ގޮތުގައި ގެނެވޭ ކާރޑް ދޯނިން ބޭލުމާއި ގުދަން ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:

 

         ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހަން ނިންމާފައިވާ 10 ކިލޯ ބާސްމަތީ ހަނޑޫ، 10 ކިލޯ ފުށް ބަސްތާ ދޯނިން ބާލައިގެން ގެނެސް ކައުންސިލުން ދައްކާ ތަނެއްގައި ގުދަންކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

        މިގޮތުން، މި ކާޑުތައް ބަންދުކުރެވިފައި ހުންނާނީ 50 ކިލޯގެ ބަސްތާއެއް ގައި 10 ކިލޯގެ 05 ބަސްތާ ހިމެނޭގޮތަށެވެ. އަދި މިކާޑުތައް ގުދަންކުރުމުގައި އަގު ދިނުމަށް ހަމަޖެހިފައިވަނީ 50 ކިލޯގެ ބަސްތާއަކަށް -/10 ރުފިޔާގެ ރޭޓުންނެވެ.

        ވީމާ، ކާރޑުގެ ބާވަތް ދޯނިން ބާލައިގެން ގެނެސް ގުދަންކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 13:00 ށް މި އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 13:00 ށް މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 މާރިޗު 2024
ހޯދާ