ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ ފުޓުސަލް ދަނޑުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ފ.ނިލަންދޫ ފުޓުސަލް ދަނޑުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުއްވެއްޖެއެވެ.

މި މަސައްކަތްތަކާއި ގުޅޭ  އިތުރު ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުން (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މަޢުލޫމާތު ސާފު ކުރުން އޮންނާނީ 2024 މާރިޗް 12 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފ.ނިލަންދޫ ކައުންސިލް އިދާރާގައެވެ. 

ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 މާރިޗް 19 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

25 ޝައުބާން    1445

6 މާރިޗް     2024

06 މާރިޗު 2024
ހޯދާ