ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
2024 ވަނަ އަހަރު މެއި / ޖޫން މަހު ބާއްވާ ކެމްބްރިޖު އިމްތިޙާން ތަކަށް ޗީފް އިންވިޖިލޭޓަރެއް ހޯދުން

އިޢުލާނު

2024 ވަނަ އަހަރު މެއި / ޖޫން މަހު ބާއްވާ ކެމްބްރިޖު އިމްތިޙާން ތަކަށް ޗީފް އިންވިޖިލޭޓަރެއް ހޯދުން

2024 ވަނަ އަހަރު މޭ / ޖޫން މަހު ބާއްވާ ކެމްބްރިޖު އިމްތިޙާންތައް ބެލެހެއްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރެއް ބޭނުން ވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ރެހެންދި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ބޭނުންވާ އަދަދު

 ޗީފް އިންވިޖިލޭޓަރ

01

މަސައްކަތް ކުރިއަށް ދާނެ މަސްތައް

 އޭޕްރީލް 17 ން ޖޫން 15 އަށް

އުޖޫރަ:

 ޗީފް އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް -/300ރުފިޔާ

ޝަރުތު

- ޗީފް އިންވިޖިލޭޓަރ ކަމުގެ ތަމްރީން ފުރިހަމަ ކޮށްފައިވުން

- ދިވެހި ރައްޔިތަކަށްވުން

- ޖީސީއީ އޯލެވެލް ފެންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަސް އެނގޭ މީހަކަށްވުން

- އިމްތިހާންގެ ކެންޑިޑޭޓެއް ކަމުގައި ނުވުން

- އިމްތިހާން ގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ،ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއެއް، ދެބޭންގެ ދެދަރި ކުއްޖެއް ، މާމަ ކާފަ ދަރިއެއް، އެއްބަޑު ނުވަތަ އެއްބަފާ މީހެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް، އެއްބަޑު އެއްބަފާ މީހެއްގެ ދަރިއެއް އަދި ތިމާ އުޅޭ ގޭގައި އުޅޭ ކުއްޖެއް ކަމުގައިނުވުން

މަސްއޫލިއްޔަތު

އިމްތިހާން އޮންނަ ގަޑިތަކުގައި ޗީފް އިންވިޖިލޭޓަރގެ ހައިސިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ޑީޕީއީ އިން އަންގާގޮތެއްގެ މަތިން ކުރުން

ހުށަހަޅަންޖެހޭ ތަކެތި

ޗީފް އިންވިޖިލޭޓުކަން ކުރުމަށް އެދޭ ފޯމް

ތައުލީމީ ރޮނގުން ލިބިފައިވާ އެންމެ މަތީ ސެޓްފިކެޓްގެ ކޮޕީ

ވަނަވަރު

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ބޭންކް އެކައުންޓް ނަންބަރު ކަށަވަރު ކުރާނެ ލިޔުން

ސުންގަޑި

2024 މާރިޗު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހުށަހަޅުންވާނީ ރެހެންދި ސްކޫލަށް ނުވަތަ އީ-މެއިލް [email protected] ށެވެ.

- މިކަމާ ގުޅޭ ފޯމް މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާއެވެ.

- އިތުރު މައުލޫމާތު ހޯއްދެވުމަށް 3359901 ގުޅުއްވުން އެދެމެވެ.

 

26 ޝައުބާން 1445

 

07 މާރިޗު 2024
ހޯދާ