ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެކެޑަމީ އަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ވިލިމާލޭގައި ގާއިމް ކުރެވިފައިވާ ޖުޑީޝަލް އެކެޑަމީއަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި ތަކެތިވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 11 މާރިޗު 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 14 މާރިޗު 2024 ވަނަ ދުވަހުގެ 09:30 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޝަޢްބާން 1445

06 މާރިޗު 2024
ހޯދާ