ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމާއި ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

ފިތުރު އީދުގެ މުނާސަބަތާގުޅިގެން ދ. ބަނޑިދޫގެ ދެޖިންސްގެ ޒުވާނުންގެ މެދުގައި ފުޓްސަލް ކުޅުމުގެ ފޯރި އިތުރުކުރުމާއި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި ބަނޑިދޫއިން ހުނަރުވެރި މޮޅު ފުޓްސަލް ކުޅުންތެރިން އަދި އުފެއްދުމުގެ މަޤްޞަދުގައި ދ. ބަނޑިދޫ ކައުންސިލާ ބަނޑިދޫ ޕޮލިސްޓޭސަން ގުޅިގެން ބާއްވާ "ބަނޑިދޫ ކައުންސިލް ފުޓްސެލް މުބާރާތް 2024 " 10 އެޕްރީލް 2024 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.   

               މި 2 މުބާރާތުގައި ބައިވެރިވެވޭނީ ދ. ބަނޑިދޫއަށް ނިސްބަތްވާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށާއި ދ. ބަނޑިދޫ އާއްމު ފަރުދުން އިސްވެ ތިބެ ބައިވެރިވުމަށް އެދޭ ބަނޑިދޫ ޓީމްތަކަށްށެވެ. މި 2 މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް ފުރުއްވުމަށްފަހު ހުށައެޅުވުން އެދެމެވެ. ފޯމް ހުށައަޅާނީ ފޯމްގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ފަހު 21 މާރިޗް 2024 ވަނަ ދުވަހު އޮފީސް ބަންދު ވުމުގެ ކުރިންނެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުވުމަށްފަހު 1 އެޕްރީލް 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ. ޓީމް ރަޖިސްޓްރީކުރަން އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިސަލުން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް އަދި މުބާރާތުގެ ހިންގާ ގަވައިދު  މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެވާހަކަ ދެންނެވީމެވެ.

               މި 2 މުބާރާތް ސްޕޮންސަރ ކުރުމަށް އެދޭ ފަރާތަކުން 21 މާރިޗް 2024 ،  13:00 ގެ ކުރިން ސިޓީ އަކުން އެދި ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލު ދެވޭނީ އެންމެ ބޮޑު އަގު ހުށައަޅާ ފަރާތަކަށްށެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ހުށައެޅިދާނެއެވެ.

                       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މާރިޗު 2024
ހޯދާ