މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖު އުޞޫލުން އުނގޫފާރު މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

 އުނގޫފާރު / ދިވެހިރާއްޖެ 

އިޢުލާން

ވޭޖު އުޞޫލުން އުނގޫފާރު މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން

މަޤާމް:              މަސައްކަތު

މަޤާމުގެ އަދަދު:        2

މަޤާމުގެ ގިންތި:        ވޭޖް އުޞޫލުން (ދުވާލަކު 8 ގަޑިއިރު، ހަފްތާއަކު 6 ދުވަސް)

މަސައްކަތް ކުރާތަން:     ބައު ގޮނޑު / އުނގޫފާރު ކައުންސިލް އިދާރާ

މުސާރަ:             މަސައްކަތްކުރާ ކޮންމެ ގަޑި އިރަކަށް 43ރ ރޭޓުން މުސާރަ ދެވޭނެއެވެ. މަދުވެގެން މަހަކު 8256.00 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ރަމަޟާންމަހުގެ އިނާޔަތު ފައިސާ ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. (ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރަން ޖެހިއްހެ ނަމަ ގަޑިއިރަކަށް ކަނޑައަޅާފައިވާ ރޭޓުން ފައިސާ ދެވޭނެ) 

ފެންވަރު ނުވަތަ ޝަރުތު:

1-      ލިޔަން ކިޔަން އެނގޭ މީހަކު ކަމުގައި ވުން

2-      ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން

3-      ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން

މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:   

  1. ބައު ގޮނޑު/ އަދި ކައުންސިލުގެ ބެލެމުގެ ދަށުގައި ހުންނަ އެހެނިހެން އިމާރާތްތަކުގެ ސެކިއުރިޓީ ޑިއުޓީ އުސޫލުން ބެލެހެއްޓުން
  2. ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި މަސައްކަތަށް ނިކުންނަށް ކައުންސިލުން އަންގައިފިނަމަ، ކައުންސިލުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން
  3. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓެރީ ޖެނަރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  4. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެރެޓެރީ ޖެނެރަލްއަށް އެއްބާރުލުންދީ ޖަވާބުދާރީވުން.

ހުށަހަޅަންޖެހޭ ތަކެތި:    1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

                 2- އައިޑީ ކާޑް (ކިޔަން އެނގޭ ސާފު) ކޮޕީ

                 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގ ސެޓްޕިކެޓްގެ ކޮޕީ

                 4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެނގޭގޮތަށް ތައްގަޑުޖެހި ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 12 މާރޗް 2024، އަންގާރަ ދުވަހުގެ 14:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 2024 މާރޗް 12 ން 14 އާއި ދެމެދު ދުވަހު، ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.

05 މާރިޗު 2024
ހޯދާ