މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެ ހުސްކުރުމާއި ގުޅޭ

ރަށުގެ ބިނާވެށި ޕްލޭންގައި ސިނާއީ ސަރަހައްދުގެ ގޮތުގައި ހިމަނާފައިނުވާ ސަރަހައްދުތަކުގެ ތެރެއިން މިރަށު އިރުމަތީ ފަރާތު ރައްޔިތުންގެ ހަރުގޭގެ އުތުރުން އޮންނަ އޮޑި ހަރުގެ ހުސްކުރުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، ދެންނެވުނު އޮޑިހަރުގޭގައި އެއްވެސް ފަރާތެއްގެ މުދަލެއް ހުރިނަމަ، 2024 މާރިޗު 17 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. މި މުއްދަތުގެ ފަހުން ވެރިފަރާތެއް ނެތި އެތަނުގައި މުދަލެއް ހުރިނަމަ، އެމުދަލަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

      24 ޝަޢުބާން 1445

05 މާރިޗު 2024
ހޯދާ