ނަންބަރު:FNK/A/IUL/2024/39
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހދ.ނޮޅިވަރަން ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
އެސިސްޓެންޓް މެނޭޖަރ
|
މަޤާމް:
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
އެޗް.އާރް، ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް
|
ޑިޕާޓްމަންޓް:
|
ހދ.ނޮޅިވަރަން ބްރާންޗް
|
މަސައްކަތް ކުރަންޖެހޭތަން:
|
5350ރ. (ފަސްހާސް ތިންސަތޭކަ ފަންސާސް ރުފިޔާ)
|
އަސާސީ މުސާރަ:
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ
(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، އެމް.އެސް 1 ރޭންކުގެ ޝަރުތު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް. އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން،
(ބ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އޮފީހަށް ލިބޭ ސިޓީ ފަދަ ތަކެއްޗައް އަޅަންޖެހޭ ފިޔަވަޅު އޮފީސް ހިންގަވަންހުނަ ވެރިއެއްގެ މަޝްވަރާގެ ދަށުން އަޅަމުން ގެންދިއުން.
- އިންޖީނުގެއިން ފޮނުވަންޖެހޭ ހުރިހައި ރިޕޯޓްތަކެއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އޮފީހުގެ ފަރާތުން ފޮނުވަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ކަމާއިބެހޭ މުވައްޒަފުންލައްވާ ތައްޔާރުކޮށް ފޮނުވަމުން ގެންދިއުން.
- އާންމުން އަދި އެހެނިހެން ފަރާތްތަކުން އިންޖީނުގެއަށް ހުށައަޅާ ތަފާތު މައްސަލަތައް އެވަގުތަކު އޮފީސް ހިންގަވަންހުރި ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް އޮފީސް ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތީން ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
- އިންޖީނުގެ ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާމަތީން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިގާނުހިގާ ގޮތް ބެލެހެއްޓުން.
- މުވައްޒަފުންގެ ޚިޔާލުހޯދުމަށް އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، އޮފީސް ހިންގަވަން ހުންނަވާ ވެރިއެއްގެ ލަފާމަތީން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
- އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް ، ސިޓީ ،މެއިލްއަށް އޮފީސް ހިންގަން ހުންނަ ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
- ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
- އޮފީހުގައި ބޭނުންކުރަމުން ގެންދާ އެންމެހާ އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިން ކުރަމުން ގެންދޭތޯ ބަލައި ޗެކްކުރުމާއި، އެކަންކަން މުވައްޒަފުން ލައްވާ ކުރުވުން.
- އިދާރީ މުވައްޒަފަކު ޗުއްޓީނަންގަވާފި ނަމަ އެމުވައްފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
- އޮފީހުގެ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ލިޔެކިއުންތައް ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރަމުން ގެންދިއުމަށް އެހީތެރިވުމާއި، އެކަންކަން ބަލާޗެކު ކުރަމުން ގެންދިއުން.
- ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ބޭނުންވާ ކަންކަން ބަލާ އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާމަތީން މަސައްކަތްކުރުން.
- ޢާންމުކޮށް އޮފީހުގެ ހުރިހާ މަސައްކަތެއްގައި ، ޙާއްސަކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
- ކަސްޓަމަރ ސާރވިސްގެ މަސައްކަތާއި، ފައިސާގެ މަސައްކަތްތަކާއި، އަދި އިދާރީ އެންމެހައި މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- އިންޖީނުގެއިން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހެދުމަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުމާއި، އަދި އެރިޕޯރޓްތައް ހެދުމަށް ޢަމަލީގޮތުން ބައިވެރިވެ، ރިޕޯރޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާއިބެހޭ ޑިޕާޓްމަންޓަކަށް ފޮނުވުމަށް މަސައްކަތް ކުރުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހދ.ނޮޅިވަރަން ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
23 ޝަޢުބާން 1445
04 މާރިޗު 2024