ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކަމާއިއެކު ލިބޭނެ މަގުފަހި ކުރުމަށް ސިޓިޒަންސް ޕޯޓަލްއަކާއި މެނޭޖްމަންޓް ޕޯޓަލްއެއް "ނައިބޮލި" ނަމުގައި ތަރައްޤީ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުން

އިޢުލާން

ތާރީޚް: 04 މާރޗް 2024

ނަންބަރ: (IUL)327-A/327/2024/61

ނައިފަރު ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކަމާއިއެކު ލިބޭނެ މަގުފަހި ކުރުމަށްޓަކައި "ނައިބޮލި" ނަމުގައި ސިޓިޒަންސް ޕޯޓަލްއަކާއި މެނޭޖްމަންޓް ޕޯޓަލްއެއް ތަރައްޤީ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

ނައިފަރު ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކަމާއިއެކު ލިބޭނެ މަގުފަހި "ނައިބޮލި" ނަމުގައި ސިޓިޒަންސް ޕޯޓަލްއަކާއި މެނޭޖްމަންޓް ޕޯޓަލްއެއް ތަރައްޤީ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.   

ބީލަމުގައި ރަޖިސްޓްރީ ވުން؛                  

ރަޖިސްޓްރީ ވުމުގެ މުއްދަތު:

04 މާރޗް 2024 އިން 07 މާރޗް 2024 (10:00) އަށް

މަޢުލޫމާތު ސާފުކުރުން:

04 މާރޗް 2024 އިން 13 މާރޗް 2024 (10:00) އަށް

ގުޅޭނެ ނަންބަރ:

6620130

އީމެއިލް އެޑްރެސް:

[email protected] އަދި [email protected] އަށް ސީސީ ކުރަންވާނެއެވެ.

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7247788 އަށް ވައިބަރ އަށް އަދި [email protected] އީމެއިލް އަށް ފޮނުއްވާ [email protected] އަށް ސީސީ ކުރަންވާނެއެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

07 މާރޗް 2024 ބުރާސްފަތި 13:00

ބީލަން ހުށަހެޅުން                                         

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

14 މާރޗް 2024 ބުރާސްފަތި (13:00) އަށް

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އީމެއިލް:

[email protected] އަށާއި [email protected] އަދި [email protected] އަށް ސީސީ ކުރަންވާނެއެވެ.

ބީލަން ހުށަހަޅާއިރު:

  • އީމެއިލްގެ ޒަރީއާއިން ޕްރޮޕޯސަލް ހުށަހަޅާއިރު ސަބްޖެކްޓެއްގެ ގޮތުގައި ނުވަތަ ހާޑް ކޮޕީ ހުށަހަޅާނަމަ ސިޓީ އުރާގެ ބޭރުގައި "ނައިބޮލި" ސިޓިޒަންސް ޕޯޓަލް އެންޑް މެނޭޖްމަންޓް ޕޯޓަލް ޑިވެލޮޕްމަންޓް ޕްރޮޕޯސަލް" ލިޔެފައި އޮންނަންވާނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން މަތީގައިވާ އީމެއިލްއަށް ނުވަތަ ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ އެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތަކަށް ނޫނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

04 މާރިޗު 2024
ހޯދާ