Secretariat of the Naivaadhoo Council, South Thiladhunmathi
Maldives
ހދ.ނައިވާދޫ އިޖްތިމާޢީ ސަރަހައްދު ކުނިކަހައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ހދ.ނައިވާދޫ އިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)260-CA/260/2024/19 ( 05 ފެބްރުއަރީ 2024 ) އިޢުލާނާއި ގުޅިގެން ސަރަހައްދު 1 އަދި 3 ގެ ބިޑް ކާމިޔާބުކޮށްފައިވާ ފަރާތުން ދޫކޮށްލައިފައިވާތީ، އެ ސަރަހައްދުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހަށަހެޅުން

04.03.2024 ން  10.03.2024ގެ 10:00 ށް

13.03.2024 ގެ 11:00ގައި

14.03.2024 ގެ 11:15 ގައި

އޮންލައިން ފޯމު މެދުވެރިކޮށް

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

  • ބިޑް ރެޖިސްޓްރީކުރާ ފޯމް: https://forms.gle/JSrYxxJmdtrhLcQK7  
  • ހދ ނައިވާދޫ ޢިޖުތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.

 އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ޢިޖުތިމާއީ ސަރަޙައްދުތައް ކުނިކެހުން އައުޓްސޯސްކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 March 2024
ހޯދާ