ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީޚް ނަމާދު ކުރުމަށް ގެންނަ ހާފިޡްގެ ހުރުމާއި، ކެއުން އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދުން

މި ރަމަޟާންމަހު ތަރާވީޚް ނަމާދުކުރުމަށް ގެންނަ ހާފިޡްގެ ހުރުމާއި، ކެއުން އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދުން:

                        1445 ވަނަ އަހަރު ރަމަޟާންމަހު ތަރާވީޚް ނަމާދުކުރުމަށް ގެންނަ ހާފިޡްގެ ހުރުމާއި، ކެއުން އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދުން ބޭނުންވެއެވެ.

                         ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 7 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

                         މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 12.00ގެ ކުރިން މިއިދާރާގެ ނަންބަރު 6780034 ފޯނަށް ގުޅުއްވައިގެން ނުވަތަ ކައުންސިލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މާރިޗު 2024
ހޯދާ