މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިސްލާމީ މަރުކަޒުގެ ކޮންކްރީޓްގެ ބައެއް ތަންތަނުންނާއި، ފާރުތަކުން ރެނދު އަޅައި ފެޅިފައިވާ ތަންތަން މަރާމާތުކޮށް ޓެކްސްޗަރޖަހައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 22 އެޕްރީލް 2015 ވާ ބުދަަ ދުވަހުގެ 14:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

26 ޖުމާދަލްއާޚިރާ 1436

15 އޭޕްރިލް 2015
ހޯދާ