ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

 

އިޢުލާން

 

ތާރީޚް: 03 މާރޗް 2024

ނަންބަރ: (IUL)327-A/327/2024/60

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                     

ތިރީގައި އެވަނީ 02 މާރޗް ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 9 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)     ނައިފަރު މަލްޓިޕާޕަސް ހޯލްގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ދޮރާއި ދޮރުފަތްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސެންޓެކްސް ގްރޫޕްއިން 10 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހަޅާފައިވާ ސިޓީއާއި ގުޅިގެން، މި ފަރާތުން މުއްދަތު އިރުތުކުރުމަށް އެދިފައިވީނަމަވެސް، ސައިޓް އިންސްޕެކްޝަން ފޯރމްތަކަށް ރިޔާޔަތްކުރާއިރު އެކަށީގެންވާ ހެކި ފެންނަންނެތުމުން، މި ފަރާތުން އެދިފައިވާ 10 ދުވަސް ދެވެންނެތްކަމަށާއި ނަމަވެސް މިމުއްދަތުގެ ތެރޭގައި ރަށުން ކަރަންޓްކެނޑިފައިވާތީވެ މަސައްކަތް ކުރުމަށް ދަތިވާނެކަމަށް ފެންނާތީވެ، މަސައްކަތް ނިންމުމަށް 5 ދުވަސް އިތުރުކޮށް އެގްރިމެންޓްއަށް ބަދަލު ގެންނަން ފެންނަކަމަށް ނިންމުން.

2)     ޅ.ނައިފަރު ގަބުރުސްތާނުތައް ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތާއި ގުޅިގެން 7 ސެޕްޓެމްބަރ 2023 ގައި ޅ. ނައިފަރު ކައުންސިލްގެ އިދާރާ އާއި މާރތެލޯ އާއި ދެމެދު ވެވިފައިވާ ނަންބަރ ((AGR)327-A/PRIV/2023/31 ) އެއްބަސްވުމުގައި ދެވަނަފަހަރަށް ގަބުރުސްތާން ސާފްކުރުމުގެ މުއްދަތު ރަމަޟާން މަހާއި ދިމާވާތީވެ، މި މަސައްކަތްކުރުމުގެ މުއްދަތު ފަސްކޮށްދިނުމަށް އެދި 04 ފެބްރުއަރީ 2024 ގައި މާރތެލޯއިން ހުށަހަޅާފައިވާ ސިޓީއަށް ރިޔާޔަތްކޮށް ރަމަޟާންމަހުގެ ދުވަސްތަކުގައި މި މަސައްކަތް ކުރުމަށް ދަތިވާނެކަމަށް ފެންނާތީވެ، ރަމަޟާންމަސް ނިމި އެޕްރިލް 20 ވަނަ ދުވަހުގެ ކުރިން  މަސައްކަތް ފެށުމަށް ތާވަލްކޮށް އެގްރީމަންޓަށް ބަދަލުގެނައުމަށް ފެންނަކަމަށް ނިންމުން.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 މާރިޗު 2024
ހޯދާ