ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިސްކޫލުގެ 3 ބުރި އިމާރާތުގެ ދޮރުފަތްތައް ،އެލްމުނިއަމް ދޮރުފަތައް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު

                       ބީލަން ހުށަހެޅުމުގެ ދަޢުވަތު

(IUL)GS17/2024/012 ނަމްބަރ އިޢުލާނަށް ހުށައެޅި ފަރާތްތަކުގެ އަގު ބޮޑުވުމުން އިޢުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

މިސްކޫލުގެ 3 ބުރި އިމާރާތުގެ ދޮރުފަތްތައް ،އެލްމުނިއަމް ދޮރުފަތައް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 މާރިޗު 2024 ން 07 މާރިޗު 2024  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 މާރިޗު 2024 ން 07 މާރިޗު 2024 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 މާރިޗު 2024 ވާ ބުދަ ދުވަހުގެ 10:00ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

 

ބިޑް ހުޅުވުން އޮންނާނީ 17 މާރިޗު 2024 އާދީއްތަ  ދުވަހުގެ 10:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޢިއުލާނައިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.  

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

 

 

 

03 މާރިޗު 2024
ހޯދާ