މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-348460

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، ހުޅުމާލެ

މުސާރަ:

7035.00 ރުފިޔާ  

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

އެހެނިހެން އެލަވަންސް:

ޓެކްނިކަލްކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލްކޯ އެލަވަންސްއަށް ޝަރުތު ހަމަވާނީ މަޤާމުގެ ކޯ ޑިސިޕްލިންގެ ގޮތުގައި ކަނޑައަޅާފައިވާ ދާއިރާއަކުން ތަޢުލީމް ޙާސިލްކޮށްފައިވާނަމަ)

ޓެކްނިކަލްކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގކޯ އެލަވަންސްގެ ގޮތުގައި-/900 ރުފިޔާ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ފައިސާއާއި ގުޅުންހުރި ކަންކަން، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުމާއި މަހަކު އެއްފަހަރު ތައްޔާރުކުރާ ޙަރަދު ރިޕޯޓާއި، ޚަރަދު ރިކޮންސިލިއޭޝަން ރިޕޯޓާއި، ހަފުތާއަކު އެއްފަހަރު ހުށަހަޅަންޖެހޭ ތިޖޫރި ރިޕޯޓު މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވޭތޯ ބަލާ ޗެކްކުރުން. އަދި ފައިނޭންސް ސެކްޝަނުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކި ފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ ލިޔުންތައް ފަސޭހައިން ފެންނާނެ ގޮތަށް ފައިލްކުރުވާ ބެލެހެއްޓުން.
  2. މިނިސްޓްރީން ފައިސާ ދައްކަންޖެހޭ ބިލްތަކުގެ މުއްދަތު ހަމަވުމުގެ ކުރިން، ބިލްތަކާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ހަމަތޯ ޗެކްކޮށް، ޕޭމަންޓު ވައުޗަރު ހެއްދުމާއި، އެސް.އޭ.ޕީ ސިސްޓަމުގައި ޕޯސްޓް ކުރުވާ، ޗެކުހެދިފައިވާ ޑޮކިއުމެންޓްގެ މަޢުލޫމާތު ޗެކް ލިބެންވީ ފަރާތަށް އެންގުނުކަން ޔަޤީންކުރުން. އަދި ޕޭމަންޓް ވައުޗަރު ރެޖިސްޓްރީ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކުރުވުން.
  3. ބަޖެޓް ކޮންޓްރޯލް ކުރުމާއި، ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ކޯޑުތަކުގައި ހުރިކަން ކަށަވަރުކުރުމާއި، ބަޖެޓް ކޯޑުތަކުގެ ބާކީ ބެލެހެއްޓުމާއި ބަޖެޓު ބާކީ ރިޕޯޓު މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ތައްޔާރުކުރުވުން. އަދި މަޝްރޫޢުތަކާ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ގެނެވޭ ބަދަލުތަކާއި އެއްގޮތަށް ރީއެލޮކޭޓް ކުރަންޖެހޭ ފައިސާގެ ކަންތައްތައް ބެލެހެއްޓުން.
  4. މިނިސްޓްރީގެ ކުރިއަށް އޮންނަ 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެކި ޑިޕާޓްމަންޓްތަކުން ހޯދާ އެކަމަށް ތައްޔާރުވުމާއެކު، ކުރިއަށް އޮންނަ 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށް އެކަމަށް ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި ފޮނުވަންޖެހޭ ފަރާތަށް ފޮނުވުމުގެ އެންމެހާ ކަންކަން މާލީ ޒިންމާދާރުވެރިޔާގެ ލަފާގެ ދަށުން ކުރުން.
  5. ރައްޔިތުންގެ މަޖިލީހުން ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ފާސްކޮށްދެއްވުމުން، ކަނޑައެޅިފައިވާ މުއްދަތައް ކޭޝްފްލޯ ޕްލޭން ތައްޔާރުކުރުވާ މާލީ ވުޒާރާ އަށް ފޮނުވޭތޯ ޔަގީންކުރުން.
  6. ރަސްމީ ދަތުރުތަކާއި، ސްކޮލަރޝިޕް  އަދި ޓްރެއިނިންގ ތަކުގައި ރާއްޖެތެރެއަށް އަދި ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ދޭންޖެހޭ ދަތުރު ޚަރަދު ދެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކްކޮށް، ބަނޑޭރި ޕޯޓަލް އިން ފޮނުވާ ދަތުރު ރިކުއެސްޓްތައް ޗެކްކޮށް ދަތުރު ހުއްދަ އަށް ފޮނުވުން. އަދި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދަތުރު ރިޕޯޓު ތައްޔާރުކުރެވިފައިވޭތޯ ބަލާ ކަށަވަރުކޮށް ފައިލްކުރުވުން.
  7. މިނިސްޓްރީގެ ފާއިތުވި އަހަރުގެ މާލީ ބަޔާން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކޮށް، މުއްދަތު ހަމަވުމުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭތޯ ބަލާ ކަށަވަރުކުރުން. އަދި މިނިސްޓްރީގެ ފައިނޭންޝަލް އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ސެކްޝަންގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުންކުރުވުން.
  8. މިނިސްޓްރީގައި ޕެޓީ ކޭޝްގެ ގޮތުގައި ގެންގުޅޭ ފައިސާ ޚަރަދު ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކް ކުރުން. އަދި ފައިސާ ދޫކުރުމުގެ ކުރިން، އެ ޚަރަދަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ހަމަކުރުވާ، ބަރާބަރަށް ފައިލްކުރުވާ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުން

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލް ކޮށްފައިވުން.

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތައް

  • o       އެކައުންޓިންގ  
  • o       ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • o       ބިޒްނަސް މެނޭޖްމަންޓް 
  • o       ފައިނޭންސް

 

މަޤާމުގެ ކޯ ޑިސިޕްލިން

  • އެކައުންޓިންގް
  • ފައިނޭންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ފައިނޭންސް
  • އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން 30%
  • އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • އެސެސްމަންޓް (އިމްތިޚާން ނުވަތަ ޕްރެކްޓިކަލް)
  • ޕްރެޒެންޓޭޝަން
  • އިންޓަވިއު %30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މާރިޗް 2024 ގެ 14:00 ގެ ކުރިން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ(ހުޅުމާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް       (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 10 މާރިޗް 2024 އިން ފެށިގެން 21 މާރިޗް 2024 އާ ދެމެދު، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3037502 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 މާރިޗު 2024
ހޯދާ