ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން މަގު ބަންދުކުރުމަށް ފީނަގަން ފެށުމާއި ގުޅޭ

އާންމު އިޢުލާން

ގއ. ކަނޑުހުޅުދޫގެ މަގުތަކުގައި މަސައްކަތެއްކުރުމަށް މަގު ބަންދު ކުރުމަށް ހުއްދަ ދޫކުރުމާއި މަގު ބަންދު ބޯޑު ދޫކުރުމުގައި، ގއ. ކަނޑުހުޅުދޫ - ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު (2013/R-2047)ގެ 08 އަދި 12 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން 01 މާރިޗު 2024 އިން ފެށިގެން ފީނެގުމަށް ހަމަޖެހިފައިވާ ކަމުގައި އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވަމެވެ.އެގޮތުން ވަގުތީގޮތުން މަގު ބަންދުކުރަން އެދޭފޯމް ކައުންސިލް އިދާރާއިން އަދި ކައުންސިލްގެ ވެބްސައިޓްއިން ލިބެން ހުންނާނެކަމުގައި ދަންނަވަމެވެ.

29 ފެބުރުވަރީ 2024
ހޯދާ