މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2024 މާރިޗް 04 އިން 08 އަށް އެމް.އެން.ޑީ.އެފްް އިން ޅ.މާފިލާފުށީގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 މާރިޗް 04 އިން 08 އަށް، މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް ޅ.މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ ޅ.މާފިލާފުށްޓާއި މާފިލާފުށީގެ ވަށައިގެންވާ ސަރަހައްދުން 200 މީޓަރ ދުރުމިނަށެވެ. އަދި ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

29 ފެބުރުވަރީ 2024
ހޯދާ