ނަންބަރު:FNK/A/IUL/2024/36
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ގދ.ރަތަފަންދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
ސްޕަވައިޒަރ
|
މަޤާމް:
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
ޔުޓިލިޓީ ސަރވިސަސް / ވޯޓަރ
|
ޑިޕާޓްމަންޓް:
|
ގދ.ރަތަފަންދޫ ބްރާންޗް
|
މަސައްކަތް ކުރާތަން:
|
5200ރ. (ފަސްހާސް ދުއިސައްތަ ރުފިޔާ)
|
މުސާރަ:
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ
(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރިނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ އެ ރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން،
(ޅ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- ފެން ޕްލާންޓް ރޫމް އަދި ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
- ފެން ޕްލާންޓުން އުފައްދާ ފެނުގެ ފެންވަރު (ކޮލިޓީ) ބެލުމަށްޓަކައި މަހަކު އެއްފަހަރު ފެނުގެ ސާންޕަލް މާލެ އަށް ފޮނުވައިގެން ތަހްލީލް ކުރުން.
- ޑިއުޓީ ކުރަން ޖެހިއްޖެ ހާލަތެއްގައި ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި، އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
- ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި ޝިފްޓް ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
- ޑިއުޓީގައި ދިމާވާ މައްސަލަތައް، ރިޕޯރޓް ކުރެވުމުން އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޝިފްޓް ޑިއުޓީ ކުރުމާއި، ފެން ޕްލާންޓްތައް ހިންގާ އަދި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓެމުން ގެންދޭތޯ ބަލައި ޗެކްކުރުން.
- ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރަމުން ގެންދޭތޯ ބެލުން. މިގޮތުން ފެން ޕްލާންޓަށް ބޭނުންކުރާ އިންޖީނުގެ އަޑީތެޔޮ ބަދަލުކުރޭތޯ ބެލުމާއި، ފިލްޓަރުތައް ބަދަލުކުރޭތޯ ބެލުމާއި، ޑީސަލް ޓެންކުގެ ޑީސަލް ހަމަތޯ ބެލުމާއި، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރޭތޯ ބެލުމާއި، ޑައިނަމޯ ސާވިސްކުރުން، އަލިފާންނިވާ ފުޅިތަށް ހުރިނަމަ ފޮހެ ސާފުކޮށް ބަލަހައްޓަމުން ގެންދޭތޯ ބެލުމާއި، މުއްދަތު ހަމަވޭތޯބަލާ ޗެކްކުރުމަށްފަހު ކަމާއިބެހޭ ޑިޕާޓްމަންޓަށް އެންގުން. އަދި ޑީކާރބަނައިޒް ކުރުމާއި އޯވަރހޯލް ކުރުމަށް އޮންނަ ޤަވާއިދުން އެކަންތަށް ކުރޭތޯ ބެލުން.
- ފެން ޕްލާންޓްގެ ޖެނަރޭޓަރު ހިންގާފައި ހުންނަ ވަގުތުތަކުގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
- ޑިއުޓީގައި ތަނަކުން ފެނުގެ ޚިދުމަތް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
- ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ފެނުގެ ޚިދުމަތްދޭ ހުރިހައި ތަނަކުން މީޓަރ ރީޑިންގ ނެގުން.
- ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކޮންމެމަހެއްގެ ވެސް ފެން ބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
- ގޭގޭގެ ފެން މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ފެން ބޭނުންކުރާ ފަރާތެއް ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ފެން ޕްލާންޓުގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
- ފެން ޕްލާންޓް ހިންގުމަށް ބޭނުންކުރާ ޖަނަރޭޓަރަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
- ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ފެން ޕްލާންޓްގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި ފެން ޕްލާންޓްގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް ކުލައާއިދަވާދުލުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ފެނުގެ ޑިސްޓްރިބިއުޝަން ނެޓްވޯރކް މަރާމާތުކުރުމާއި، އަޕްގްރޭޑިންގ މަސައްކަތްތައް ރާވާހިންގުން.
- ފެނުގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ހިންގުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ސަވަރެޖް އަދި ވޭސްޓްމެނޭޖްމަންޓު ގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
- ޓެކްނިކަލް ގޮތުން ތައްޔާރުކުރަންޖެހޭ ހުރިހައިރިޕޯރޓްތަކެއްތައްޔާރުކޮށް ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
- ޓެކްނިކަލް މަސައްކައްތަށް ސްޓޭޝަން މެނޭޖަރާއި ގުޅިގެން ރާވާ ހިންގުން.
- މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.
- ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
- ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކާއި، ފާހަގަ ކުރަމުންއަންނަ ދުވަސްތަކާއި، ޤައުމަށް ދިމާވެދާނެ ކާރިޘާ ފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއިއެކު އެއްބާރުލުން ދިނުން.
- ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
- މުވައްޒަފުންނާ ބެހޭގޮތުން ކުންފުނިން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމާއި، އެޤަވާޢިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން.
- ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގދ.ރަތަފަންދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މާރިޗު 2024 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
19 ޝަޢުބާން 1445
29 ފެބްރުއަރީ 2024