އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ސީނިއަރ ކައުންސެލަރ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ އ. ކައުންސެލަރުގެ މަސައްކަތް ސުޕަރވައިޒްކޮށްދިނުމަށް ސީނިއަރ ކައުންސެލަރެއް ބޭނުންވެއެވެ. އެހެންކަމުން މި މަސައްކަތް ކުރެއްވުމަށް މޯލްޑިވްސް އެލައިޑް ކައުންސިލްގައި ސ. ކައުންސެލަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މިދާއިރާއިން ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

މުސާރަ: 10،000 ރ. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  2. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އިން

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިއުލާނާއި އެކު  ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 06 މާރިޗް 2024 ވާ ބުދަ ދުވަހުގެ 14:00 ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މުއްދަތު ހަމަނުވާ ލައިސަންސް، ރެޖިސްޓްރޭޝަން އަދި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން މި ހޮސްޕިޓަލުގެ ހިއުމަން ރިސޯސް ސެކްޝަނަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ [email protected]  އީމެއިލްއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 6885045 ފޯނަށް ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

28 ފެބުރުވަރީ 2024
ހޯދާ