ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފުތަރު އަދާހަމަކުރުން

އިޢުލާން

 

 

ބިދޭސީންގެ ދަފުތަރު އަދާހަމަކުރުމާގުޅޭ!

ނައިވާދޫ ކައުންސިލް އިދާރާއިން ބަލަހައްޓަމުންދާ " ހދ. ނައިވާދޫ ބިދޭސީންގެ ދަފުތަރު" އަދާހަމަކުރުމަށްޓަކައި މިވަގުތު ހދ.ނައިވާދޫގައި އުޅެމުންދާ ބިދޭސީންނާ ބެހޭ މަޢުލޫމާތު އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ ނައިވާދޫގައި ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން، ބިދޭސީ އާއިއެކު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހިއްޕަވައިގެން 1 މާރޗް 2024 ވާ ހުކުރު ދުވަހު މެންދުރު 14:00 ން 16:00 އަށް އަދި ރޭގަނޑު 20:45 އިން 22:00 އަށް، ނައިވާދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުމަށް ދަންނަވަމެވެ.

ގެންނަޖެހޭ ލިޔެކިޔުންތައް:

-        ބިދޭސީ މީހާގެ ޕާސްޕޯޓް ނުވަތަ ޕާސްޕޯޓް ކޮޕީ

-        ވާރކް ވިސާ ކާޑު

-        އެމްޕްލޮއިމަންޓް އެޕްރޫވަލް

-        ބިދޭސީ މީހާ ގެންގުޅޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ

 

  • ބިދޭސީ މީހާ ގެންގުޅޭ ފަރާތް ރަށުގައި ނުއުޅުއްވާކަމުގައި ވާނަމަވެސް، ބިދޭސީ މީހާ، މަޢުލޫމާތު ދިނުމަށްޓަކައި ޙާޒިރުވާން ވާނެއެވެ.
  • މަޢުލޫމާތު ދިނުމަށް ޙާޒިރު ނުވާ ފަރާތްތަކާމެދު ކައުންސިލްގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        

                                  28 ފެބްރުއަރީ 2024

28 ފެބުރުވަރީ 2024
ހޯދާ