މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ފަޅުވެރި / ޕްރެޒިޑެންޝަލް ގާރޑްސް

އެމް.އެން.ޑީ.އެފް/ ޕްރެޒިޑެންޝަލް ގާޑްސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، ފަޅުވެރި މަގާމަށް މުވައްޒަފުން ބޭނުންވެއެވެ.

 

މަގާމު

ފަޅުވެރި / ޕްރެޒިޑެންޝަލް ގާރޑްސް

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,500.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މާލެ،

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ކަނޑުމަތީ އުޅަނދެއްގައި 4 އަހަރުދުވަހުގެ ޢަމަލީތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއި،
  • ޓްރާންސްޕޯޓް އޮތޯރިޓީން ފުރިހަމަކުރާ "ފަޅުވެރިންގެ ކޯސް" ފުރިހަމަކޮށްފައިވުން.
  • ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

  • އުޅަނދު ފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްސްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކަނޑުމަތީގެ ދަތުރުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމަށް އިސްކަންދިނުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2024 މާރިޗު 7 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މި ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

18 ޝަޢުބާން 1445

28 ފެބުރުވަރީ 2024
ހޯދާ