އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމު:

ސީނިއަރ އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ނަންބަރު:

J-394826

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން / ޔުނިޓް:

އެންވަޔަރަންމަންޓް ރިސާޗް އެންޑް ކޮންޒަވޭޝަން ސެކްޝަން / ކޮންޒަވޭޝަން އެންޑް މެނޭޖްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ / ކ.މާލެ

މުސާރަ:

-/7035ރ (ހަތްހާސް ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  • ޓެކްނިކަލް ކޯ އެލަވަންސް  ގެ ގޮތުގައި މުސާރައިގެ %28
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  • ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަލަށް ހިމާޔަތްކުރާ ސަރަޙައްދުތައް ބަލައި ދިރާސާކޮށް އެތަންތަން ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ހިމާޔަތް ކޮށްފައިވާ ސަރަހައްދުގެ ޗާޓްތައް އަދާ ހަމަކޮށް، ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ދަފްތަރު ބެލެހެއްޓުން.
  3. ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސް ބެލެހެއްޓުން.
  4. އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަނުން ކުރަންޖެހޭ ދިރާސާ ދަތުރުތައް ދިޔުމާއި، ސަރވޭކޮށް ރިޕޯޓް ތައްޔާރު ކުރުން.
  5. އީޕީއޭގެ އެކި ސެކްޝަންތައް މެދުވެރިވެގެން ހުށައެޅޭ / އެއްކުރެވޭ އެކި ޑާޓާ އަދި މައުލޫމާތު އެއްކޮށް، ސާފުކޮށް، މާނަވެރިގޮތެއްގައި ނޮލެޖްބޭސްއެއް އެކުލަވާލުމުގެ މަސައްކަތް އިންތިޒާމް ކުރުން އަދި އެބެލެހެއްޓުން.
  6. އީ.ޕީ.އޭގެ ނޮލެޖްބޭސް ކޯޑްކުރުން، ބަގްފިކްސިން ބެލެހެއްޓުމާއި، އެއްކުރެވޭ މަޢުލޫމާތުތަކަށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި މިކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  7. އީޕީއޭ އަދި ދައުލަތުގެ އެހެނިހެން ވުޒާރާތަކާއި، އާންމު ފަރުދުންނަށް ބޭނުންވާ ޑާޓާ އަދި މައުލޫމާތު، އީޕީއޭގެ ނޮލެޖްބޭސް މެދުވެރިކޮށް ފޯރުކޮއްދިނުން.
  8. އީ.ޕީ.އޭގެ ރަސްމީ މެޕުތައް ތައްޔާރުކުރުމާއި، ގައުމުގައި ހުރި ގުދުރަތީ ވަޞީލަތްތައް މެޕުކުރުމާއި އެ ވަޞީލަތްތައް ބޭނުންކުރާގޮތް މެޕުކުރުން.
  9. ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކާއި، މެނޭޖްމަންޓް ޕްލޭން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  10. ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕައިވައިޒް ކުރުމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  11. ޔުނިޓުގެ ވޯރކް ޕްލޭން ތައްޔާރު ކުރުމާއި، ކޮންމެ އަހަރެއްގެ ބަޖެޓް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތައް ރާވާ ބެލެހެއްޓުން.
  12. ކަނޑު އުޅަދު ފަހަރު ފަރަށް އުރިގެން ވާ ގެއްލުންތައް ބަލައި ދިރާސާކޮށް ރިޕޯޓް ލިޔުމާއި ޖޫރިމަނާ ކުރުމުގެ އެންމެހާ މަސައްކަތް ބަލައި ހިންގުން އަދި މި ސަރަހައްދުތަކާއި ހިމާޔަތްކޮށްފައި ސަރަހައްދުތަކުގެ ރެސްޓޯރޭޝަން މަސައްކަތް ރާވާ ހިންގުން.
  13. މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީސަނަދު އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާސް އޮނަރސް ޑިގްރީއެއް ޙާސިލކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ބަޔޯ ޑައިވާސިޓީ 

ބައޯޖިއޮގްރަފީ 

ބަޔޯޓެކްނޮލޮޖީ 

ކެމިކަލް އިންޖިނިއަރިންގ 

ކޯސްޓަލް އިންޖީނިއަރިންގ 

ކޮމްޕިއުޓަރ ސައިންސް 

އިކޮލޮޖީ 

އިލެކްޓްރިކަލް އިންޖިނިއަރިންގ 

އެންވަޔަރަންމެންޓަލް ކެމިސްޓްރީ 

އެންވަޔަރަންމެންޓަލް އިކޮނޮމިކްސް 

އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ 

އެންވަޔަރަންމެންޓަލް މެނޭޖުމަންޓު 

އެންވަޔަރަންމަންޓަލް ޕޮލިސީ 

އެންވަޔަރަންމެންޓަލް ސައިންސް 

ޖިއޯގްރަފިކަލް އިންފޮމޭޝަން ސިސްޓަމް  

ޖިއޯގްރަފިކަލް އިންފޮމޭޝަން ސައިންސް  

ޖިއޯމެޓިކްސް  

ޖިއޮމެޓިކް އިންޖީނިއަރިންގ  

މެރިން ބަޔޮލޮޖީ 

މެރިން ކެމިސްޓްރީ 

މެރިން ސައިންސް 

މައިކްރޯބަޔޮލޮޖީ 

ސްޕާޝިއަލް ސައިންސް 

ވޯޓަރ އެންޑް ސެނިޓޭޝަން 

ވޯޓަރ ކެމިސްޓްރީ 

ވޯޓަރ އިންޖީނިއަރިންގ 

ވޯޓަރ މައިކްރޯބައޮލޮޖީ 

ވޯޓަރ ރިސޯސް މެނޭޖްމަންޓް 

ވޯޓަރ ސައިންސް 

ވޯޓަރ ޓެކްނޮލޮޖީ

 

މަޤާމުގެ ކޯ ޑިސިޕްލިންސް:

އެންވަޔަރަންމެންޓަލް ސައިންސް  

ޖިއޯގްރަފިކަލް އިންފޮމޭޝަން ސިސްޓަމް  

ޖިއޯގްރަފިކަލް އިންފޮމޭޝަން ސައިންސް  

ޖިއޯމެޓިކްސް  

ޖިއޮމެޓިކް އިންޖީނިއަރިންގ  

ޕްރިފަރޑް ޑިސިޕްލިންސް:

-

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެންވަޔަރަމެންޓް

ޖިއޯމެޓިކްސް

ޖިއޯގްރަފިކަލް އިންފޮމޭޝަން ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އެޖެންސީގެ ވެބްސައިޓު http://www.epa.gov.mv/applications އިންނާއި  ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

(https://www.csc.gov.mv/Announcement/ViewDownloads/4)

  1.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން  ދޫކޮށްފައިވާ  އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް2023 " ގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މާރިޗް 07 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަންއަދި އިމްތިޙާނު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2024 މާރިޗް 10 އާއި 2024 އޭޕްރީލް 07 އާ ދެމެދު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949، 3038833 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސްކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް<  "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51)   އިން ލިބެން  ހުންނާނެއެވެ.

28 ފެބުރުވަރީ 2024
ހޯދާ