މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭނުންކޮށްފައިވާ 01 ލާންޗް އަދި 01 ވޭން ނީލަމުގައި ވިއްކުމާބެހޭ

    މިއޮފީހުގައި ބޭނުންކޮށްފައިވާ 01 ލާންޗް އަދި 01 ވޭން ނީލަން ކިއުމަށް ކުރިން ބޭއްވި ނީލަންތަކުގައި ނީލަން ކާމިޔާބުކުރި ފަރާތްތަކުން ފައިސާ ދައްކާފައިނުވާތީ، އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން 10 މާޗް 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު ތިލަފުށި ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ތަކެތީގެ ބާވަތް

ތަކެތީގެ ތަފްސީލް

ގަޑި

VAN

 

TOYOTA (PICK-UP) -HELIX (REG:G2363)

MODEL NUMBER: TOYOTA-KUN16RPRPSYTA3

 

10:00

LAUNCH

G9939A-02 10-T (YAMAHA 2 ENGINE) Launch-10

ދިގު މިން : 9.450 މީޓަރު

ފުޅާ މިން : 2.920 މީޓަރު

10:30

     ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

     ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ތަރުތީބުން ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް 24 (ސައުވީސް) ގަޑިއިރުތެރޭ ދެއްކުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

     ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތައް 10 މާޗް 2024 ވާ އާދީއްތަ ދުވަހު ތިލަފުށި ކަސްޓަމްސް އޮފީހަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ގެންނެވުން އެދެމެވެ.

     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2024
ހޯދާ