ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ، ޓެކްނީޝަން، މެއިންޓެނެންސް އޮފިސަރ (ހއ.އުލިގަން ބްރާންޗް)

ނަންބަރު:FNK/A/IUL/2024/32   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހއ.އުލިގަން ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓެންޓް މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޔުޓިލިޓީ ސަރވިސަސް 

ޑިޕާޓްމަންޓް:

ހއ.އުލިގަން ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

5350ރ. (ފަސްހާސް ތިންސަތޭކަ ފަންސާސް ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ

(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، އެމް.އެސް 1 ރޭންކުގެ ޝަރުތު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ)  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް. އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން،

(ބ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ފެން ޕްލާންޓް ރޫމް އަދި ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން. (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • ފެން ޕްލާންޓުން އުފައްދާ ފެނުގެ ފެންވަރު (ކޮލިޓީ) ބެލުމަށްޓަކައި މަހަކު އެއްފަހަރު ފެނުގެ ސާންޕަލް މާލެ އަށް ފޮނުވައިގެން ތަހްލީލް ކުރުން.
  • ސްވަރޭޖް އަދި ވޭސްޓްމެނޭޖްމަންޓު ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • އިންޖީނުގެ ހިންގުމާއި ޙަވާލުވެ ހުންނެވި  ވެރިއެއްގެ ލަފާމަތީން ރަށުގެ  ރައްޔިތުންނާއި އެހެނިހެން  ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، ސަވަރެޖް އަދި ވޭސްޓްމެނޭޖްމަންޓު ހިންގާ އަދި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓެމުން ގެންދޭތޯ ބަލައި ޗެކްކުރުން.
  • ރަށުގެ ކުރިއެރުމާއި  ތަރައްޤީއާއި ގުޅޭ ގޮތުން ކުންފުނިން  ފޯރުކޮށްދޭ  ޚިދުމަތްތައް ފުޅާކުރުމަށް  ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް އޮފީސް ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތީން ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިގާނުހިގާ ގޮތް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޚިޔާލުހޯދުމަށް އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، އޮފީސް ހިންގަވަން ހުންނަވާ ވެރިއެއްގެ ލަފާމަތީން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
  • ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
  • އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި  އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް ، ސިޓީ ، މެއިލްއަށް އޮފީސް ހިންގަން ހުންނަ ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
  • ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ  ބައްދަލުވުމުގެ  ޔައުމިއްޔާ  ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • އޮފީހުގައި ބޭނުންކުރަމުން  ގެންދާ އެންމެހާ  އިކުއިޕްމަންޓްތައް ރަނގަޅަށް  މެއިންޓެއިން ކުރަމުން  ގެންދޭތޯ ބަލައި ޗެކްކުރުމާއި، އެކަންކަން މުވައްޒަފުން ލައްވާ ކުރުވުން.
  • އިދާރީ މުވައްޒަފަކު ޗުއްޓީނަންގަވާފި ނަމަ އެމުވައްފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
  • އޮފީހުގެ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ލިޔެކިއުންތައް  ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރަމުން ގެންދިއުމަށް އެހީތެރިވުމާއި، އެކަންކަން ބަލާޗެކު ކުރަމުން ގެންދިއުން.
  • ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި  ގުޅޭގޮތުން ބޭނުންވާ  ކަންކަން ބަލާ  އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާމަތީން މަސައްކަތްކުރުން.
  • ޢާންމުކޮށް އޮފީހުގެ ހުރިހާ މަސައްކަތެއްގައި ، ޙާއްސަކޮށް ކަސްޓަމަރުންނަށް  ފޯރުކޮށްދޭ ޙިދުމަތްތަކުގެ  ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • ކަސްޓަމަރ ސާރވިސްގެ މަސައްކަތާއި، ފައިސާގެ  މަސައްކަތްތަކާއި، އަދި އިދާރީ  އެންމެހައި  މަސައްކަތް ތަކުގައި  ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  • އިންޖީނުގެއިން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހެދުމަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުމާއި، އަދި އެރިޕޯރޓްތައް  ހެދުމަށް ޢަމަލީގޮތުން ބައިވެރިވެ، ރިޕޯރޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާއިބެހޭ ޑިޕާރޓްމެންޓަކަށް ފޮނުވުމަށް މަސައްކަތް ކުރުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ޓެކްނީޝަން

މަޤާމް:

02 (ދޭއް)           

ބޭނުންވާ އަދަދު:

ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ

ޑިޕާޓްމަންޓް:

ހއ.އުލިގަން ބްރާންޗް

މަސައްކަތް ކުރާތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އިންޖީން ރޫމް ނުވަތަ ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް  މައްސަލައެއް  ދިމާވެފައިވޭތޯ  ބެލުމާއި، އެހެނިހެން  ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް  ދިމާވެފައިވާނަމަ،  ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
  • ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް  ސަމާލުކަން  ދިނުމަށާއި، އަދި ޝިފްޓް  ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
  • ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތައް ހިންގާ، އިންޖީނުތަކާއި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓުން.
  • ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރުން. މިގޮތުން އިންޖީނު ތަކުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން.
  • ޑިއުޓީތަކާ ހަވާލުވާ މުވައްޒަފުން ރޫޓިންކޮށް ކުރަންޖެހޭ ތެޔޮބަދަލުކުރުމާ، ތެޔޮ ހަމަކުރުންފަދަ ކަންކަން ނުކުރުމުގެ ސަބަބުން އެ މުވައްޒަފެއްގެ އިޙުމާލުން ޖަނަރޭޓަރސެޓަށް ގެއްލުންތަކެއްވެއްޖެނަމަ އެކަން ކުންފުނިން ބެލުމަށްފަހު އެކަމަކީ އެ މުވައްޒަފެއްގެ އިޙުމާލުން ވެފައިވާ ކަމެއްނަމަ އެ ގެއްލުންތަކަށް އެ މުވައްޒަފަކު ޒިންމާވުން.
  • ޑިއުޓީގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
  • ކޮންމެ ޝިފްޓް ޑިއުޓީއެއްގައި ހުރިހާ ތެޔޮތާނގީއެއްގެ ސައުންޑިންގ ޗެކްކޮށް ޑީސަލާއި އަޑީތެލުގެ ޚަރަދާއިބާކީގެ ހިސާބުތައް ނިންމުން.
  • ޑިއުޓީގައި ތަނަކުން ކަރަންޓް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
  • ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކަރަންޓްގެ ޚިދުމަތްދޭ ތަންތަނުގެ މީޓަރ ރީޑިންގ ނެގުން.
  • ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ކޮންމެމަހެއްގެ ވެސް ކަރަންޓްބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
  • ގޭގޭގެ މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ކަރަންޓް ބޭނުންކުރާ ފަރާތެއް  ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • އިންޖީނުގޭގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • އިންޖީނުތައް ހިންގުމަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން  ކުރަންޖެހޭ  މަސައްކަތްތައް  ކުރުމާއި، ތަނުގައި  ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ޖަނަރޭޓަރ އޯވަރހޯލް ކުރުމާއި، މަރާމާތުކުރުމާއި، ޑައިނަމޯ ސާރވިސް އަދި އިންޖީން ރޫމްގައި ކުރެވޭ އެންމެހައި މެއިންޓެނެންސް މަސައްކަތްތައް ކުރުމުގައި ބްރާންޗުން އަންގވާ ގޮތެއްގެމަތިން އެމަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
  • މުޅިރަށުން ކަރަންޓް ކެނޑުންފަދަ ޚާއްސަ ޙާލަތްތަކުގައި ބްރާންޗްގެ އިސްވެރިން  އަންގަވާ ގަޑިތަކުގައި ޙާޟިރުވެ ޢަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވުން. 
  • އިންޖީނުގޭގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި އިންޖީނުގޭގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް  ކުލައާއިދަވާދުލުމާއި  މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
  • ކުންފުނީގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތަށް އެންމެ މަންފާކުރަނިވި ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަޖެހުމައި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  • ކުންފުނީގައި އިސްކޮށް ތިއްބަވާ މުވައްޒަފުން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއިއެކު އެހީތެރިވެ ދިނުން.
  • ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި  ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
  • ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހަދައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.

މަޤާމުގެ މަސައްކަތްތައް:

މެއިންޓެނެންސް އޮފިސަރ

މަޤާމު:

01 (އެކެއް)

ބޭނުންވާ އަދަދު:

ބިލްޑިންގ މެއިންޓެނެންސް

ޑިޕާޓްމަންޓް:

ހއ.އުލިގަން ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ޙާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ބ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އޮފީހުގެ ފަރާތުން އެހެނިހެން އިދާރާތަކަށް ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް، އޮފީހުގެ ޤަވާޢިދުގެ ދަށުން އެފަރާތްތަކާއި ޙަވާލުކުރުން.
  • އިންޖީނުގެ އާއި އޮފީސް  ޢިމާރާތާއި  ބެލެހެއްޓުމަށްޓަކައި  ކުރެވެން ހުންނަ  ކުދިކުދި މަސައްކަތްތަކާއި  ކުދިކުދި  މަރާމާތުތައް ( މިސާލަކަށް ފްލަޝް ޓޭންކް،  ފެންއިސްކުރުން  ލީކުވާނަމަ އެކަމެއް  ރަނގަޅުކުރުންފަދަ ) ކުރެވެން ހުރިވަރަކުން،  ވެރީންގެ އިރުޝާދުގެ   މަތީން ކުރަމުން ގެންދިއުން.
  • އޮފީސް ޢިމާރާތުގެ ފާރުތަކާއި،  ވަށާފާރު  ސާފުކޮށް  ބެލެހެއްޓުމާއި،  އެފަދަ ތަންތާގައި  ކުލަލުމުގެ  މަސައްކަތުގައި، ވެރީން  އަންގާ އުޞޫލެއްގެ މަތީން ބައިވެރިވުން.
  • އެކިއެކި ބައްދަލުވުންތަކަށް ނުވަތަ އޮފީހަށް  ޒިޔާރަތްކުރައްވާ  ބޭފުޅުންނަށް  މެހުމާންދާރީ  އަދާކުރުމުގައި އޮފީހުގެ ވެރިން  އަންގާގޮތެއްގެ މަތިން ކަންކަން އިންތިޒާމްކުރުމުގައި އެހީތެރިވެ ދިނުން.
  • އޮފީސް ޢިމާރާތާއި ގޯތިތެރެ ރީތިކުރުމަށްޓަކައި ގަސްއިންދުމާއި އިންދާފައިހުންނަ ގަސްތަކަށް ފެންދީ، ގަސްކޮށައި ބެލެހެއްޓުން.
  • އޮފީހުގެ ބޭނުމަށް  އޮފީހުން ހޯދާ އިދާރީ ތަކެތި،  ސްޓޭޝަނަރީ އަދި  މިނޫންވެސް  ޚިދުމަތާއި ތަކެތި، އޮފީހުގެ ވެރިން  އަންގާ  ގޮތެއްގެމަތީން، ރަށުގެ ފިހާރަތަކުން އަގުހޯދުމާއި، އެފަދަ ތަކެތި ނުވަތަ ޙިދުމަތް ހޯދުމުގައި އެހީތެރިވެދިނުން.
  • ކަރަންޓްބިލާއި އަދި އޮފީހުން  ކަސްޓަމަރުންނަށް  ޙަވާލުކުރާ  އެހެނިހެން   ލިޔެކިއުންތައް  އޮފީހުން  އަންގާ  ޤަވާޢިދެއްގެ މަތީން  އެފަރާތްތަކާއި ޙަވާލުކުރުން.
  • ޚިދުމަތް ކަނޑާލުމުގެ ކުރީން އަންގާ އެންގުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން.
  • އިންޖީނުގޭގައި ޑިއުޓީކުރަންޖެހިއްޖެނަމަ، ފަރުވާތެރިކަމާއި މުރާލިކަމާއިއެކު ޑިއުޓީ އަދާކުރުން.
  • އޮފީހުގެ ބޮޑެތި މަސައްކަތްތައް (މިސާލަކަށް އޮފީސް ޢިމާރާތް އެހެން ޢިމާރާތަކަށް  ބަދަލުކުރުންފަދަ) ހިނގަމުންދާ  ގަޑިތަކުގައި އޮފީހުގެ ވެރީން އަންގާގޮތުގެ މަތީން ވިއެންމެ މަތީ ދަރަޖައަކަށް އެ މަސައްކަތުގައި ބައިވެރިވުން. ( މީގެތެރޭގައި އިންޖީނު  ޑިކާބަނައިސް، އޯވަހޯލް ކުރުންފަދަ ޓެކްނިކަލް މަސައްކަތްތައް ވެސް ހިމެނެއެވެ. )
  • އޮފީހުން އުކާލަންޖެހޭ އެންމެހާ ކުނިބުނި ރައްކާތެރިކަމާއެކު، އެ ރަށެއްގައި ކަނޑައެޅިފައި އޮންނަ ޤަވާޢިދެއްގެ ދަށުން ނައްތާލަމުން ގެންދިއުން.
  • އޮފީސް ސާފްކޮށް ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްތައް ރޭވުން.
  • އޮފީހުގެ އެންމެހާ މުވައްޒަފުންނާއި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން.
  • އޮފީހުގެ އެންމެހާ ތަކެއްޗަށް ރައްކާތެރިވުމާއި، އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  • ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރަމުން ގެންދިއުން.
  • އޮފީހާއި ނުގުޅޭ އެއްވެސް ފަރާތަކުން، އޮފީހުގެ މުދަލަށް ގެއްލުންދީ ހަލާކުކުރަމުން ގެންދާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމެއް މީހަކު ކުރަން އުޅޭކަން އެނގިއްޖެނަމަ އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެކަމެއް އޮފީހުގެ ވެރީންނަށް ވީ އެންމެ އަވަހަކަށް ރިޕޯރޓްކުރުން.
  • އަދި މީގެ އިތުރުން ވެސް ވަޒީފާއި ގުޅުންހުރި އޮފީހުގެ ވެރީން އަންގާ ތަނުގެ އެހެނިހެން މަސައްކަތްތައް ކުރުން.
  • ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކާއި، ފާހަގަ ކުރަމުންއަންނަ ދުވަސްތަކާއި، ޤައުމަށް ދިމާވެދާނެ ހާރިޘާ ފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއެކު އެއްބާރުލުން ދިނުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

       ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހއ.އުލިގަން ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

       ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

 

17 ޝަޢުބާން 1445

27 ފެބްރުއަރީ 2024

 

27 ފެބުރުވަރީ 2024
ހޯދާ