ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓެކްނީޝަން، ޑްރައިވަރ (ތ.ދިޔަމިގިލި ބްރާންޗް)

ނަންބަރު:FNK/A/IUL/2024/34   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތ.ދިޔަމިގިލި ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

ޓެކްނީޝަން

މަޤާމް:

04 (އެކެއް)           

ބޭނުންވާ އަދަދު:

ޔުޓިލިޓީ ސަރވިސަސް / ވޯޓަރ

ޑިޕާޓްމަންޓް:

ތ.ދިޔަމިގިލި ބްރާންޗް

މަސައްކަތް ކުރާތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ފެން ޕްލާންޓް ރޫމް އަދި ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • ފެން ޕްލާންޓުން ފެން ހެދުމަށް ލޮނު ނެގުމަށް ބޭނުންކުރުމަށް މޫދުގައި ބެހެއްޓިފައިވާ ބީޗްވެލް (ވަޅު ބުރި) ނުވަތަ ބޯހޯލް (ބިމު އަޑިން ތޮރުފައިގެން ފެން ނަގައި ވަޅު) ބަލައި ޗެކްކުރުން.
  • ފެން ޕްލާންޓަށް ލޮނު ވެއްދުމަށް ބޭނުންކުރާ ފިލްޓަރުތައް ވަގުތު ޖެހުމުން ސާފުކުރުމާއި ބަދަލުކުރަން ޖެހުމުން ބަދަލުކުރުން.
  • ފެން ޕްލާންޓުން ފެން ހެދުން ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި ރީތިފެނުން ޕްލާންޓް ދޮވުމާއި އަދި އެއްދުވަހަށް ވުރެ ދިގުމުއްދަތަކަށް ހުއްޓާލަން ޖެހޭނަމަ ކެމިކަލުން ޕްލާންޓް ދޮވުން.
  • ފެން ޕްލާންޓްއިން އުފައްދާ ބޯފެނުގެ ފެންވަރު (ކޮލިޓީ) ބަލައި ޗެކްކުރުން އަދި ފެނުގެ ފެންވަރު (ކޮލިޓީ) ބުއިމަށް ބޭނުން ކުރާ ވަރަށް ވުރެ ދަށްވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސްޕަވައިޒަރަށް އެންގުން. 
  • ފެން ރައްކާކުރާ ސްޓޯރޭޖް ޓޭންކް ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ރަނގަޅަށް ބަލައި ޗެކްކުރުން، މިގޮތުން ތާނގީގެ އެއްވެސް ތަނަކުން ފެން ލީކުވޭތޯ ބެލުމާއި ޓޭންކުގެ މަތިތައް ހުރީ ރަނގަޅަށް ޖެހިފައިތޯ ބަލައި ޗެކްކުރުން.
  • ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި، ކުރީ ޝިފްޓުން ޑިއުޓީ ރިޕޯޓުގައި މައްސަލައެއް ނޯޓްކޮށްފައިވޭތޯ ބެލުމާއި، އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
  • ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި ޝިފްޓް  ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
  • ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، ފެން ޕްލާންޓްތައް ހިންގާ އަދި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓުން.
  • ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތައް ކުރުން. މިގޮތުން ފެން ޕްލާންޓަށް ބޭނުންކުރާ އިންޖީނުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ޑީސަލް ޓޭންކުގެ ޑީސަލް ހަމަތޯ ބެލުމާއި، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން، ޑައިނަމޯ ސަރވިސްކުރުން، އަލިފާންނިވާ ފުޅިތަށް ހުރިނަމަ ފޮހެ ސާފުކޮށް، މުއްދަތު ހަމަވޭތޯބަލާ ޗެކްކުރުމަށްފަހު ކަމާއިބެހޭ ޑިޕާޓްމަންޓަށް އެންގުން. އަދި ޑީކާރބަނައިޒް ކުރުމާއި އޯވަރހޯލް ކުރުމަށް އޮންނަ ޤަވާއިދުން އެކަންތަށް ކުރުން.
  • ފެން ޕްލާންޓްގެ ޖަނަރޭޓަރު ހިންގާފައި ހުންނަ ވަގުތުތަކުގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
  • ފެން ޕްލާންޓް އިމާރާތް ދޫކޮށްފައި ދާންޖެހިއްޖެ ޙާލަތެއްގައި ސުޕަވައިޒަރަށް އަންގާ އެހެން މުވައްޒަފެއް އައުމުން މެނުވީ ސްޓޭޝަން ދޫކޮށްފައި ނުދިޔުން.
  • ޑިއުޓީގައި ތަނަކުން ފެނުގެ ޚިދުމަތް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަނގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ފެނުގެ ޚިދުމަތްދޭ ހުރިހައި ތަނަކުން މީޓަރ ރީޑިންގ ނެގުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ކޮންމެމަހެއްގެ ވެސް ފެން ބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
  • ގޭގޭގެ ފެން މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ފެން ބޭނުންކުރާ ފަރާތެއް ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ފެން ޕްލާންޓުގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ފެން ޕްލާންޓް ހިންގުމަށް ބޭނުންކުރާ ޖަނަރޭޓަރަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ފެނުގެ ޑިސްޓްރިބިއުޝަން ނެޓްވޯރކް މަރާމާތުކުރުމާއި، އަޕްގްރޭޑް  ކުރުމުގެ ގޮތުން  ކުރަންޖެހޭ  މަސައްކަތްތައް  ކުރުމާއި، ތަނުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ކުރުން.
  • ފެން ޕްލާންޓްގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި ފެން ޕްލާންޓްގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް ކުލައާއިދަވާދުލުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކަރަންޓްގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި   ރިޕޯރޓްތަކެއް  ހަދައި ކޮންމެ  މީލާދީ މަހެއްގެ 10 ވަނަދުވަހުގެ  ކުރިން ފޮނުވަންޖެހޭ  ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
  • ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކާއި، ފާހަގަ ކުރަމުންއަންނަ ދުވަސްތަކާއި، ޤައުމަށް ދިމާވެދާނެ ކާރިޘާ ފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއިއެކު އެއްބާރުލުން ދިނުން.
  • ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންނާ ގުޅޭގޮތުން ކުންފުނިން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމާއި، އެޤަވާޢިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.

މަޤާމުގެ މަސައްކަތްތައް:

ޓެކްނީޝަން

މަޤާމް:

01 (އެކެއް)         

ބޭނުންވާ އަދަދު:

ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ

ޑިޕާޓްމަންޓް:

ތ.ދިޔަމިގިލި ބްރާންޗް

މަސައްކަތް ކުރާތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އިންޖީން ރޫމް ނުވަތަ ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް  މައްސަލައެއް  ދިމާވެފައިވޭތޯ  ބެލުމާއި، އެހެނިހެން  ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް  ދިމާވެފައިވާނަމަ،  ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
  • ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް  ސަމާލުކަން  ދިނުމަށާއި، އަދި ޝިފްޓް  ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
  • ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތައް ހިންގާ، އިންޖީނުތަކާއި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓުން.
  • ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރުން. މިގޮތުން އިންޖީނު ތަކުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން.
  • ޑިއުޓީތަކާ ހަވާލުވާ މުވައްޒަފުން ރޫޓިންކޮށް ކުރަންޖެހޭ ތެޔޮބަދަލުކުރުމާ، ތެޔޮ ހަމަކުރުންފަދަ ކަންކަން ނުކުރުމުގެ ސަބަބުން އެ މުވައްޒަފެއްގެ އިޙުމާލުން ޖަނަރޭޓަރސެޓަށް ގެއްލުންތަކެއްވެއްޖެނަމަ އެކަން ކުންފުނިން ބެލުމަށްފަހު އެކަމަކީ އެ މުވައްޒަފެއްގެ އިޙުމާލުން ވެފައިވާ ކަމެއްނަމަ އެ ގެއްލުންތަކަށް އެ މުވައްޒަފަކު ޒިންމާވުން.
  • ޑިއުޓީގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
  • ކޮންމެ ޝިފްޓް ޑިއުޓީއެއްގައި ހުރިހާ ތެޔޮތާނގީއެއްގެ ސައުންޑިންގ ޗެކްކޮށް ޑީސަލާއި އަޑީތެލުގެ ޚަރަދާއިބާކީގެ ހިސާބުތައް ނިންމުން.
  • ޑިއުޓީގައި ތަނަކުން ކަރަންޓް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
  • ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކަރަންޓްގެ ޚިދުމަތްދޭ ތަންތަނުގެ މީޓަރ ރީޑިންގ ނެގުން.
  • ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ކޮންމެމަހެއްގެ ވެސް ކަރަންޓްބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
  • ގޭގޭގެ މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ކަރަންޓް ބޭނުންކުރާ ފަރާތެއް  ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • އިންޖީނުގޭގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • އިންޖީނުތައް ހިންގުމަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން  ކުރަންޖެހޭ  މަސައްކަތްތައް  ކުރުމާއި، ތަނުގައި  ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ޖަނަރޭޓަރ އޯވަރހޯލް ކުރުމާއި، މަރާމާތުކުރުމާއި، ޑައިނަމޯ ސާރވިސް އަދި އިންޖީން ރޫމްގައި ކުރެވޭ އެންމެހައި މެއިންޓެނެންސް މަސައްކަތްތައް ކުރުމުގައި ބްރާންޗުން އަންގވާ ގޮތެއްގެމަތިން އެމަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
  • މުޅިރަށުން ކަރަންޓް ކެނޑުންފަދަ ޚާއްސަ ޙާލަތްތަކުގައި ބްރާންޗްގެ އިސްވެރިން  އަންގަވާ ގަޑިތަކުގައި ޙާޟިރުވެ ޢަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވުން. 
  • އިންޖީނުގޭގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި އިންޖީނުގޭގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް  ކުލައާއިދަވާދުލުމާއި  މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
  • ކުންފުނީގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތަށް އެންމެ މަންފާކުރަނިވި ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަޖެހުމައި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  • ކުންފުނީގައި އިސްކޮށް ތިއްބަވާ މުވައްޒަފުން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއިއެކު އެހީތެރިވެ ދިނުން.
  • ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި  ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
  • ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހަދައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.

މަޤާމުގެ މަސައްކަތްތައް:

ޑްރައިވަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޔުޓިލިޓީ ސަރވިސަސް / ސްވަރޭޖް

ޑިޕާޓްމަންޓް:

ތ.ދިޔަމިގިލި ބްރާންޗް

މަސައްކަތް ކުރާތަން:

4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

(ށ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން

(ނ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން އިން ދޫކޮށްފައިވާ C0,C2 ކެޓަގަރީގެ ޑްރައިވިންގ ލައިސެންސް އޮންނަ މީހަކު ކަމުގައިވުން.

(ރ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ބްރާންޗުގައި ބޭނުންކުރާ ހުރިހައި ވެހިކަލެއްވެސް އެވެހިކަލެއް ދުއްވަން ކަނޑައަޅާފައިވާ ސްޕީޓްގައި ދުއްވުން.
  • ވެހިކަލް ބޭނުންކުރަން ފެށުމުގެކުރިން އިންޖީނުގެ އަޑީތެލާއި، ފެން ހަމަތޯ ބެލުމާއި، އަދި ޗެކުކުރަންޖެހޭ އެހެނިހެން ކަންތައްތައް ޗެކުކުރަމުން ގެންދިއުން.
  • ގޭގެ އާއި ޢިމާރާތްތަކުން ކުނި އުކާލުމަށްޓަކައި ކުންފުނިން ހަމަޖައްސާފައިވާ ވެހިކަލާއި ޙަވާލުވުމަށްފަހު ފަރުވާތެރިކަމާއިއެކު ބަލަހަށްޓަމުން ގެންދިއުން. (ވެހިކަލް ދުއްވުމުގެތެރޭގައި ޑްރައިވަރުގެ އިހުމާލުން ލިބޭގެއްލުމުގެ ޒިންމާ ޑްރައިވަރު އުފުލަންޖެހޭނެ ކަމަށާއި، އަދި ވެހިކަލް ދުއްވުމުގެ ތެރޭގައި ގަވާޢިދާއި ޚިލާފުވެގެން ކުރާ ޖޫރިމަނާގެ ފައިސާ ޑްރައިވަރު ދައްކަންވާނެއެވެ. )
  • ހުރިހައި ވެހިކަލެއްވެސް ގެންގުޅެންޖެހޭނީ ރަނގަޅަށް ފުހެ ސާފުކުރުން.
  • ކޮންމެ ވެހިކަލެއްވެސް ހަފްތާއަކު އެއްފަހަރު ރަނގަޅަށް ދޮވެ ތެޔޮޖަހާ ސާފުކޮށް ބެލެހެއްޓުން.
  • ވެހިކަލަށް ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • އޮފީހުން އަންގާ ތަނުގެ ހުރިހައި ދަތުރުތަކަކާއި، އެހެނިހެން ދަތުރުތައް ކުރުން.
  • ހުރިހައި ވެހިކަލެއް ވެސް ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތައް ކުރުން. މިގޮތުން  އިންޖީނުގެ ތަކުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން،  ބެޓްރީގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން.
  • ވެހިކަލުން ކުރާ ހުރިހައި ދަތުރުތަކެއްގެ ރެކޯރޑް ޤަވާޢިދުން ބަލަހައްޓަމުން ގެންދިއުން.
  • އިންޖީނުތައް ހިންގުމަށް ބޭނުންވާ ޑީސަލް އުފުލަން ޖެހިއްޖެ ހާލަތެއްގައި އުފުލުމާއި، އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ވެހިކަލް ބޭނުންކޮށްގެން ކުރަންޖެހޭ ހުރިހައި މަސައްކަތެއްގައި ވެސް ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  • ވަޒީފާ އަދާކުރަން ކަނޑައެޅިފައިވާ ގަޑި ނިންމާލުމުން މަސައްކަތައް ބޭނުންކުރި ވެހިކަލް ރަނގަޅަށް ސާފުކުރުމަށް ފަހު އެވެހިކަލްގެ ތަޅުދަނޑި އޮފީހާއި ޙަވާލުކުރުން. ( ކަނޑައެޅިފައިވާ ރޯސްޓާއާއި އެއްގޮތަށް )
  • ވެހިކަލްތަކާއި، އިކްއިޕްމެންޓްތައް ރަނގަޅު ގޮތުގައި މެއިންޓެއިން ކުރުމަށް ( ސާރވިސްކުރުމަށް ) ބޭނުންވާ ތަކެތި ފާހަގަކޮށް އެކަމާއިބެހޭ ފަރާތްތަކަށް އެންގުން.
  • ވެހިކަލްއާއި، އިކްއިޕްމެންޓްތައް މެއިންޓެއިން ކުރުމުގާ ޢަމަލީގޮތުން ބައިވެރިވެ، މަސައްކަތްކުރާ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުން.
  • މަސައްކަތް ނިމުމަށްފަހު ކަނޑައެޅިފައިވާ ރައްކާތެރި ތަނެއްގައި އިކްއިޕްމެންޓްތަކާއި، ވެހިކަލްތައް ބެހެއްޓުން.
  • ޑިއުޓީ އަދާކުރަން ކަނޑައެޅިފައިވާ ވަގުތު ހަމަވި ކަމުގައި ވިޔަސް ކުންފުނިން / އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި މަސައްކަތައް ނިކުތުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ތ.ދިޔަމިގިލި ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

17 ޝަޢުބާން 1445

27 ފެބްރުއަރީ 2024

27 ފެބުރުވަރީ 2024
ހޯދާ