ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޝޮޕް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

 މަޤާމު:

 ޝޮޕް އެސިސްޓެންޓް

 ބޭނުންވާ ޢަދަދު:

 02 (ދެއެއް)

 މުސާރައާއި އެލަވަންސް:

  • މުސާރަ އަދި އެލަވަންސް: މަހަކު 7500 ރުފިޔާ
  • ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

 މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ފިހާރައިން ވިއްކާ ތަކެތި ވިއްކުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  • ފިހާރައިގައި ބެހެއްޓިފައިވާ މުދަލާއި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން މަޢުލޫމާތު ފޯރުކޮށްދިނުން.
  • ފިހާރައިގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުން.
  • ހަރުތަކުގައި އެކަށީގެންވާވަރަށް މުދާ ހުރިތޯ ޔަގީންކުރުމާއެކު، މުދާ ވިކެމުންދާ މިންވަރަށް ބަލައި ހަރުތަކުގައި މުދާ ރީސްޓޮކްކުރުން.
  • ފިހާރަ އާއި ޕްރިންޓް އޭރިއާގެ ސާފުތާހިރުކަން ބެލެހެއްޓުމުގައި އެހީތެރިވުން.
  • ޝިފްޓް ފެށޭގަޑި އަދި ޝިފްޓް ނިމޭގަޑީގައި ސޭލްސް ޓެލީކުރުން.
  • ޕްރިންޓް އޭރިޔާއިން ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުން.
  • ފޮޓޯ ކޮޕީ ނެގުން، ޕްރިންޓްކުރުން، ބައިންޑްކުރުން، ލެމިނޭޓްކުރުން އަދި މިނޫންވެސް ޕްރިންޓް އޭރިޔާއިން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  • ޕްރިންޓްއޭރިޔާގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުން.
  • ޕްރިންޓް އޭރިޔާގެ އިންވެންޓްރީ ބަލަހައްޓައި ތަކެތި މަދުވާނަމަ ރީސްޓޮކްކުރުން.

 

މަޤާމުގެ ޝަރުތުތައް 

 

 ތަޢުލީމު:

 ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 03 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

 ތަޖުރިބާ:

 މަސއްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 01 އަހަރު އުޅެފައިވުން.

 

 އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ   ލިޔުންތައް:

 

  • ލިސްޓް ކުރެވިފައިވާ އެޕްލިކޭޝަންގެ ލިޔުންތައް ހުށަހަޅާނީ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
  • ގޫގުލް ލިންކް: https://forms.gle/9qPNot7QgKYJ4h3W8

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  5. ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ
    ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

 ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 މަޤާމަށް އެދެންވީ ސުންގަޑި:

 07 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެކުރިން ދީފައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.

 ނޯޓު :

 އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.

 މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

27 ފެބުރުވަރީ 2024
ހޯދާ