ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ޑިންގީއެއް ގަތުން-2

ެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ޑިންގީއެއް ގަތުން (2ވަނަ އިއުލާން)

              ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ބޭނުމަށް ޑިންގީއެއް (އިންޖީނާއި އެކު) ގަތުމަށް ބޭނުންވެއެވެ. ޑިންގީގެ ސްޕެސިފިކޭޝަން ތިރީގައި އެވަނީއެވެ.

#

ތަފްޞީލް

ބޭނުންވާ ޢަދަދު

އުޅަނދުގެ މިން

01

ފައިބަރގްލާސް ސްޕީޑް ބޯޓް، އައުޓްބޯޓް 4 ސްޓްރޯކް (115hp) އިންޖީނާއިއެކު

01

ދިގުމިން 22 ފޫޓު، ފުޅާމިން 7 ފޫޓު

 

        ވީމާ، އުޅަނދު ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

އަގު ހުށަހެޅުން

14 މާރޗް 2024

11:00

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

 

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: 6700502، ވައިބަރ: 7949275، އީމެއިލް: [email protected] 

27 ފެބުރުވަރީ 2024
ހޯދާ