ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު - ސީނިއަރ ކައުންސިލް އޮފިސަރ

އިޢުލާން

މަޤާމުގެ ނަން:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-374677

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 6295/- (ހަހާސް ދުއިއްސައްތަ ނުވަދިހަފަހެއް) ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000ރ، (ދެހާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް:

-          ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900/- (ނުވަސަތޭކަ) ރުފިޔާ

-          ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)

-          ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.  
  3. އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވްގެ މަސްޢޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މަސްޢޫލިއްޔަތުތައް އަދާކުރުން.
  4. ގަވާއިދާ ހިލާފްވާ ފާރާތްތައް ހާޟިރުކުރުވުމުގެ މަސައްކަތާއި އެފަރާތްތަކުން ނަގަންޖެހޭ ބަޔާންތައް ލިޔުމާއި އަންގަންޖެހޭ އެންގުންތައް ލިޔުން.
  5. ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކާއި ޚިދުމަތްތަކާ ގުޅޭގޮތުން ކައުންސިލުން ފާސްކޮށްފައިވާ އުސޫލުތަކަށް މީހުން ހޭލުންތެރިކުރުމަށް ހަދަންޖެހޭ ވީޑިއޯ މެސެޖާއި ޕޯސްޓަރ ފަރުމާކޮށް އޮންލައިން ވިއުގަތައް މެދުވެރިކޮށް ޕްރޮމޯޓްކުރުން. 
  6. ކައުންސިލްގެ ލޯކަލް އޮތޯރިޓީން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 
  7. ދަނޑު ބިންތަކާއި ކުއްޔަށް ދޫކޮށްފައިވާ އެހެނިހެން ބިންތަކުގެ އެގްރީމެންޓްތައް ހަދައި ދަފްތަރު ބެލެހެއްޓުން
  8. ޤައުމީ ތަރައްޤީގެ ޕްލޭން / އެކްޝަން ޕްލޭނުގެ ދަށުން ސިޓީގައި، އަތޮޅުގައި ނުވަތަ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުން.
  9. ސިޓީގެ، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްގީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމުގައި އެހީތެރިވެދިނުން.
  10. ކޮންމެ ތިންމަހުން އެއްފަހަރު ވޭސްޓް މެނޭޖްމެންޓް ސެންޓަރ އޮޕަރޭޝަން ކުރިއަށްދާގޮތުގެ އެސެސްމެންޓެއް ހަދައި ސެކެޓްރީ ޖެނެރަލްއަށް ހުށަހެޅުން.     
  11. ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުތަކުން ޤަވާއިދާ ޚިލާފަށް ވެލިނެގުމާއި ކައުންސުލުން ހުއްދަ ނުހޯދައި އެއްވެސްކަމެއް ކުރޭތޯ ޑްރޯން ބޭނުންކޮށްގެން ބެލުމާއި އެފަދަކަމެއް ހިނގާނަމަ ލަސްނުކޮށް އަންގަން ޖެހޭ ފަރާތްތަކަށް އެންގުން.
  12. މުވައްޒަފުގެ މަސައްކަތުގެ ދާއިރާއިން ކުރަންޖެހޭ ފައިސާގެ އެންމެހައި މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.
  13. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސެކެޓްރީ ޖެނެރަލް ލަފާދެއްވާ ކަންތައްތައް އަވަސްމިނުގައި ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  14. ކައުންސިލްގެ ހުރިހާ ހަރަކާތެއްގެ މީޑިއާ ކަވަރޭޖްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް؛

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފަރޑް)

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް، ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެޑިއުކޭޝަން، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެއެވެ.   http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ މާއްދާގައި ހިމަނާފައިވެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މާރިޗު 05 ވަނަދުވަހުގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކުކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 2024  މާރިޗު 12 އިން 2024 މާރިޗު 21 ވަނަ ދުވަހާއި ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ނޯޓިސްބޯޑުގައާއި ދިވެހިސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

26 ފެބުރުވަރީ 2024
ހޯދާ