މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ފްޓްސަލްދަނޑު ސާފުކޮށްބަލަހައްޓަދޭނެފަރާތެއް ހޯދުން

އިޢުލާން

ށ.ފޭދޫ ފްޓްސަލްދަނޑު ސާފުކޮށްބަލަހައްޓަދޭނެފަރާތެއް ހޯދުން.

         މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތައް ށ.ފޭދޫ ފްޓްސަލްދަނޑު 01 އަހަރުދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބަލަހައްޓްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 03 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ، ފިނިވާމަގު/ށ.ފޭދޫ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

          ވީމާ މިއިޢުލާނާއިއެކު ށ.ފޭދޫ ފްޓްސަލްދަނޑު ސާފުކުރުމުގެ މަޢުލޫމާތު ކަރުދާހާއި،އަގުހުށަހަޅާ ފޯމް އާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

         އަގުހުށަހަޅާ ފޯމް ހުންނަންޖެހޭނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.ސިޓީއުރައިގެ ބޭރުގައި ށ.ފޭދޫ ފްޓްސަލްދަނޑު ކުނިކަހާ ސާފުކޮށްބެލެހެއްޓުން މިހެން ލިޔެފައި އޮންނަންވާނެއެވެ.

 
26 ފެބުރުވަރީ 2024
ހޯދާ