މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމާއިގުޅޭ:

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމާއިގުޅޭ:

          ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން އަންހެން ބޭކަނބަލުންނަށް ކުޅިވަރު ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.  

އެގޮތުން ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކުޅިވަރު ހަރަކާތްތަކަކީ:

  • ކޮށިން ކުކުޅު ހިފުން
  • ފޮތިގަނޑުން ފުއްޕާހަން އުކުން
  • އަތްނުލާ ފުއްޕާހަން ފެޅުން
  • ތިން ފައި ރޭސް
  • ޓީޝާޓް ގޭމް

           މިހަރަކާތްތަށް ކުރިޔަށް ގެންދެވޭނީ  ޓީމްތަކުގެ މެދުގައެވެ. ބައިވެރިވާން ބޭނުންވާ ޓީމުތަކުން ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކޮންމެ ޓީމެއްގައި ވެސް 10 ބައިވެރިން ހިމަނަން ވާނެއެވެ. މިކަމަށް އެދި ހުށައަޅާ ފޯމު 2024 ފެބްރުއަރީ 26 އިން 2024 މާރޗް 04 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުން ނަމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް އާމިނަތު އަޙްމަދު 7434345 ނަންބަރާއި ގުޅުއްވުން އެދެމެވެ.

         ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

         12 ޖުމާދަލްއޫލާ  1445

         16 ޝަޢުބާން   2024  

26 ފެބުރުވަރީ 2024
ހޯދާ