މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލް ބެލުމުގެ ދަށުގައި ހުރި 3 މިސްކިތުގެ އޭސީތަށް ސާރވިސްކޮށް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ނ. މާފަރު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި 3 މިސްކިތުގެ އޭސީތައް ސާރވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ކުރަން ޖެހޭ މަސައްކަތް:

-         3 މިސްކިތުގެ 15 އޭސީ ސާރވިސްކޮށްދިނުން

-         އޭސީ ތަކުގައި ގޭސް މަދުވެފައިވާނަމަ ގޭސް އަޅާ ދިނުން

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު އަދި މުއްދަތު ބަޔާންކޮށް 2024 މާރިޗް 03 ވަނަ ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

 އަގު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ނ. މާފަރު 3 މިސްކިތުގެ އޭސީތައް ސަރވިސްކޮށްދިނުން އެދި."މިހެން ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6560005 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

-  އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.

ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.  

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތަށް

މާކުސް ދެވޭނެ ކްރައިޓީރިއާ

މާކުސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ އަގު

% 80

  • ހުށަހަޅާ އަގަށް ދެވޭ މާކުސް  
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މުއްދަތު

% 20

  • ·         މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަށެވެ.
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށައަޅާފައިވާ މުއްދަތަކީ އެންމެ ކުރު މުއްދަތަށް ބަލައިގެން  ކަނޑައެޅިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • ·         މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުރު މުއްދަތަށެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  16 ޝައުބާން 1445

25 ފެބުރުވަރީ 2024
ހޯދާ