މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑަށް މެންބަރުން ހޮވުމަށްޓަކައި މި މިނިސްޓްރީގެ ނަންބަރު (IUL)23-L/23/2024/19 (23 ޖަނަވަރީ 2024) ގެ އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އެއްވެސް ކެނޑިޑޭޓަކު ކުރިމަތި ލައްވާފައި ނުވާތީ، އަލުން މި މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

 

ބޯޑުގެ ނަން

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑު

މަޤާމު

  1. ޢާންމު ޞިއްޙަތާ ބެހޭ ތަޖުރިބާކާރެއް.
  2. ކޮންޒިއުމާ ޙައްޤުތަކާ ބެހޭ ދާއިރާގެ ފަރާތެއް.

ބޭނުންވާ ޢަދަދު

މަތީގައި ބަޔާންކޮށްފައިވާ ކޮންމެ ދާއިރާއަކުން 1 (އެކެއް)  މެންބަރު

މެމްބަރުކަމުގެ ދައުރު

4 (ހަތަރެއް) އަހަރު

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ބޯޑުގެ މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

(ހ) ދުންފަތް ކޮންޓްރޯލު ކުރުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހެދުން.

(ށ) ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މަޤްޞަދު ހާސިލުވާ މިންވަރު ބަލައި، އެ އިރަކަށް އިޞްލާޙު ކުރަންޖެހޭ ބައެއް އިޞްލާޙު ކުރުން.

(ނ) މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސް ކުރުން.

(ރ) ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބާރުއެޅުން.

(ބ) ދުންފަތް ކޮންޓްރޯލު ކުރުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ކުރާނެ ކަންތައްތައް ކަނޑައަޅައި، އެކަންކަން އެކުލަވައިލުމަށްފަހު، ކެބިނެޓަށް ލަފާ ދިނުން.

(ޅ) ދުންފަތުގެ ބޭނުންކުރުމުން ޖުމުލަގޮތެއްގައި އާބާދީގެ ޞިއްޙަތަށް ކުރާ އަސަރާއި ފަރުދުންގެ ޞިއްޙަތަށް އަންނަ ބަދަލު ދެނެގަނެ، އެކަމާ ބެހޭ ދިރާސާތައް ކުރުން.

(ކ) ދުންފަތުން މީސްތަކުން ރައްކައުތެރިކުރުމަށް ހިންގާ ކަންކަމުގައި ލަފަޔާއި އިރުޝާދު ދިނުން.

(އ) ބޯޑުން ފާރަވެރިވެ ބަލަހައްޓާ ކަންކަމާ ގުޅިގެންނާ ދުންފަތް ކޮންޓްރޯލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނާއި، ބޯޑަށް ފެންނަ ކަންކަމުގައި ކެބިނެޓަށް މަޝްވަރާ ދިނުމުގެ ގޮތުން އަހަރަކު އެއްފަހަރު ރިޕޯޓެއް ހުށަހެޅުން.

(ވ) ދުންފަތާބެހޭ މުޢާހަދާތަކުގައި ބައިވެރިވާ ޤައުމުތަކުގެ ފަރާތުން އެފަދަ ބައްދަލުވުންތަކުގައި ހުށަހަޅަންޖެހޭ ރިޕޯޓުތައް އެކުލަވައިލައި ތައްޔާރުކުރުން.

(މ) ބޯޑުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި އެ އިރަކަށް ބޭނުންވާ ފަންނީ ލަފާ ހޯދުމާއީ، ފަންނީ ތަޖުރިބާކާރުން އެކުލެވޭ ކޮމެޓީތައް ހެދުން.

މެންބަރުކަމުގެ ޝަރުޠު

  1. އެމީހަކު ތަމްސީލުކުރާ ދާއިރާއާ ގުޅޭ ފަންނީ ޤާބިލުކަމާއި، ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  2. ދުންފަތުގެ ބާވަތެއްގެ ވިޔަފާރިކުރުމުގައި ހަރަކާތްތެރިވާ ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް ކަމުގައި ނުވުން.
  3. ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ނުވަތަ އެތެރެކުރާ ނުވަތަ ބޭރުކުރާ ފަރާތެއްކަމުގައި ނުވުން.
  4. ދުންފަތުގެ އިސްތިޢުމާލު ނުކުރާ ފަރާތެއް ކަމުގައި ވުން.
  5. އިފްލާސް ކުރެވިފައި ނުވާ އަދި ވައްކަން، ނުވަތަ ޓެކުން، ނުވަތަ ފޭރުން ނުވަތަ ކޮރަޕްޝަންގެ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައި ވުން.
  6. ޖިނާޢީ ކުށެއް ސާބިޠުވެފައިވާނަމަ ޙުކުމް ތަންފީޒުކުރެވުނުތާ 5 (ފަހެއް) އަހަރު ދުވަސް ވެފައިވުން.

ތައުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް (ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް)

ބެޗްލަރސް ޑިގްރީ - 40 މާކުސް

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ - 45 މާކުސް

މާސްޓަރސް - 50 މާކުސް

ޕީ.އެޗް.ޑީ - 60 މާކުސް

 

 

މަސައްކަތުގެ ތަޖުރިބާއަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރާ 7 އަހަރާ ދެމެދު - 25 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރާ 10 އަހަރާ ދެމެދު - 30 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރާ 12 އަހަރާ ދެމެދު - 35 މާކުސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރަށްވުރެ ގިނަ މަތި - 40 މާކުސް

ތަޖުރިބާއަށް މާކުސް ދިނުމުގައި ރިޢާޔަތް ކުރާނީ މި އިއުލާނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭ ލިޔުންތަކަށެވެ.

 

މެންބަރުކަމުގެ މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމު (60 އިންސައްތަ)
  2. ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (40 އިންސައްތަ)

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަޤާމަށް ޢައްޔަންކުރެވޭނީ އެންމެ މަތިން މާކުސް ހޯދާ ފަރާތެކެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ (އެ މީހަކު ތަމްސީލުކުރާ ދާއިރާ އެނގޭގޮތަށް، ކޮންޒިއުމާ ޙައްޤުތަކާ ބެހޭ ދާއިރާގެ ފަރާތެއްނަމަ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާއެއް ނުވަތަ އިދާރާއެއްގެ ލިޔުން)
  2. ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
  5. ވަނަވަރު (ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެގޮތަށް)

ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 14 މާރިޗު 2024 ގެ 13:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014331 ނުވަތަ 3014330 އެވެ.

 

 

25 ފެބުރުވަރީ 2024
ހޯދާ