އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސްޓަރ ކްލައުޑްސްގެ 1 އަދި 3 ވަނަ ފަންގިފިލާގައި އެލުމިނިއަމް ޕާޓިޝަން ޖެހުން

އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގަމުން ދާ ސްޓަރ ކްލައުޑްސް ބިލްޑިންގގެ 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ ބައެއްގައި އެލުމިނިއަމް ޕާޓިޝަން ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސައިޓް ސާރވޭ ކުރެއްވުމަށް 25 ފެބުރުވަރީ 2024 ވާ އާދިއްތަ ދުވަހުން ފެޝިގެން 29 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ރަސްމީ ދުވަހަކު 9:00 އާއި 14:00 އާ ދެމެދު މި އޮފީހުގެ ފޯން ނަންބަރު 3323939 އަށް ގުޅުއްވާ ވަގުތު ހަމަޖެއްސެވުމަށްފަހު ސްޓަރ ކްލައުޑްސް ބިލްޑިންގގެ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 5 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

22 ފެބުރުވަރީ 2024
ހޯދާ