މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ބެލުމުގެ ދަށުގައިވާ ބަންޑާރަ ގޯތި ވިއްކުމާއި ގުޅޭ:

އިޢުލާނު

 

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިދަންނަވާ ބަންޑާރަ ގޯތި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

 

ގޯތީގެ ނަން:

ހަލަވެލި

ގޯތީގެ ބޮޑު މިން:

3242.80 އަކަފޫޓް

ގޯތި އޮތް ތަން:

ބޮޑުމަގުގައި ރަށުގެ އިރުމަތީ ކޮޅުން "ކޮރަލް" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އިންވެގެން ހުޅަނގަށް. (ކުރީގެ އަމީނަ ގެވަޅު)

ގޯތި ގަތުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގު:

އަކަފޫޓަކަށް 120.00 ރުފިޔާގެ ރޭޓުން.

ގޯތި ވިއްކުމަށް ހަމަޖެހިފައިވާ ގޮތް:

ބީލަމުގައި އެންމެ ބޮޑުއަގު ހުށަހަޅާ ޝަރުތު ހަމަވާ ފަރާތަކަށް.

އަންދާސީ ހިސާބު ހުށަހަޅާ ފޯމް އާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. މިކައުންސިލުން މިކަމަށް ތައްޔާރުކޮށްފައިވާ އަގު ހުށަހަޅާ ފޯމް
  2. ބިންގަތުމަށް ހުށައަޅާ ފަރާތުގެ ވޭތުވެދިޔަ 03 މަހުގެ ބޭންކް ސްޓޭޓްމެންޓް.
  3. އަމިއްލަ ފަރުދެއްނަމަ އައިޑީކާޑުގެ ކޮޕީ.
  4. ޖަމްޢިއްޔާއެއް، ކުންފުންޏެއް، އެންޖީއޯއެއްފަދަ ރަޖިސްޓަރޑް ބޮޑީއަކުން ހުށަހަޅުއްވާނަމަ، ރަޖިސްޓަރީގެ ކޮޕީ. (ދިވެހި ރައްޔިތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާން ވާނެއެވެ.)

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން:

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ފެބުރުއަރީ 25 އިން 2024 މާރިޗް 04 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް:

 

މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރިޗް 06 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ފޯން:  6580049

   އީ-މެއިލް: [email protected]

 

ބީލަން ހުށަހެޅުމާއި ހުޅުވުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 މާރޗް 13 ވާ ބުދަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ފެބުރުވަރީ 2024
ހޯދާ