ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

    ފުވައްމުލަކު ދޫޑިގަން އަވަށު އުނަކެޑެ މިސްކިތުގެ އިރުމަތީ ފަރާތުގައި ހުރި ނަންބަރު 03 ޖަހާފައިވާ ރުކުގެ ނީލަންކިޔުން 2024 ފެބުރުބަރީ 26 ވާ ހޯމަ ދުވަހުގެ 08:30 ގައި  އެތަކެތީގެ ކާރީގައި އޮންނާނެއެވެ.

    ނީލަމުން ރުއް ނަންގަވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށް ފަހު 03 ދުވަހުގެ ތެރޭ އެރުއް ކަނޑާ އެތަނުން ރުއްތަކުގެ ބައިތައް ނަންގަވަން ވާނެއެވެ. ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

22 ފެބުރުވަރީ 2024
ހޯދާ