ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް 19 ޖަނަވަރީ 2020 (އިސްލާޙު 7) އިސްލާޙުކޮށް އާންމުކުރުން

"ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް 19 ޖަނަވަރީ 2020 (އިސްލާޙު 7)" އަށް އިސްލާޙު ގެނެސް "ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް 19 ޖަނަވަރީ 2020 (އިސްލާޙު 8)" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.

ވުމާއެކު، 2024 ފެބުރުވަރީ 21 ވަނަ ދުވަހުން ފެށިގެން، ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކުން މި އުޞޫލަށް ޢަމަލުކުރުމަށް ދަންނަވަމެވެ. މި އުޞޫލަށް ގެނެވިފައިވާ ބަދަލު ތިރީގައި އެވަނީއެވެ.

 

  1. "ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް 19 ޖަނަވަރީ 2020 (އިސްލާޙު 7)" ގެ G206  ސްޕެޝަލް ޑިއުޓީ އެލަވަންސްގެ 19 ވަނަ މާއްދާގެ (ހ) ، (ށ) ، (ބ) އަދި (ވ) އުވާލައި އަކުރު ތަރުތީބު ކުރެވިފައި.

 

   2. "ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް 19 ޖަނަވަރީ 2020 (އިސްލާޙު 7)" ގެ G206 ސްޕެޝަލް ޑިއުޓީ އެލަވަންސްގެ 19 ވަނަ މާއްދާގެ (ނ) ، (ރ) ، (ކ) ، (އ) އަދި (މ) އަށް އިސްލާޙުކޮށް އަކުރު ތަރުތީބު ކުރެވިފައި.

21 ފެބުރުވަރީ 2024
ހޯދާ