ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައެންސް އެންޑް ޓެކްނޯލޮޖީ އަދި ފެކަލްޓީ އޮފް ހެލްތު އެންޑް ސައެންސަސްގެ ސެކިއުރިޓީ 1 އަހަރުދުވަހުގެ މުއްދަތަށް ބެލެހެއްޓުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ/މަރުކަޒުތައް 1 އަހަރުދުވަހުގެ މުއްދަތަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: MNU-CA-PAMD/2023/142 އިޢުލާނާއި ގުޅިގެން ފެކަލްޓީ އޮފް އެންޖިނިއަރިންގ އެންޑް ޓެކްނޯލޮޖީ އަދި ފެކަލްޓީ އޮފް ހެލްތު ސައެންސަސްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އަލުން އިޢުލާން ކުރުމަށް މިޔުނިވަރސިޓީންވަނީ ނިންމާފައެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. ބީލަން ހުށަހެޅުން އޮންނާނީ 29 ފެބުރުއަރީ 2024 ވަނަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  5. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ:

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345134, 3345201

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: , 3345109, 33451483345110، 3345111

އީ-މެއިލް: [email protected]

21 ފެބުރުވަރީ 2024
ހޯދާ