ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުން

ކޮޅުމަޑުލުބުރުނީގެ ލޭންޑުޔޫސް ޕްލޭނާއި އެއްގޮތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ކަނޑައަޅާފައިއޮތް ހުސްބިމުގެ ތެރެއިން 3000 އަކަފޫޓްގެ 25 ބިން 03 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

 

ބިންއޮތްސަރަހައްދު:  ދަނޑުވެރިކަން ކުރުމުގެ މަސައްކަތަށް ބިންދޫކުރުމަށް ހަމެޖިފައިވަނީ ޣާޒީމަގުގެ އުތުރުން ގޮނިފަންނު މަގުގެ އިރުން އޮތް ސަހަރައްދުންނެވެ.

 

ބިމުގެ ނަންބަރު :

(AG001,AG002,AG003,AG004,AG005,AG006,AG007,AG008,AG009,AG010,AG011,AG012,AG013,AG014,AG015,AG016,AG017,AG018,AG019,AG020,AG,021,AG022,AG023,AG024,AG025)

 

ބިމުގެ ބޮޑުމިން: 60 ފޫޓް ދިގު 50 ފޫޓް ފުޅާ ( ޖުމްލަ 3000 އަކަފޫޓް )

ބިމުގެ ކުލި: މިބިމުގެ ކުއްޔަކީ މަހަކަށް -/450 (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) އެވެ.

 

ވީމާ، ބިންކުއްޔަށް ނެގުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 07 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން މިއިދާރާއިން ދޫކުރާ " ދަނޑުބިމަށް އެދޭ ފޯމް " ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ.

 މިހާރު ދަނޑުބިން މި ސަރަޙައްދުގައި ދަނޑުވެރިކަން ކުރާ ފަރާތެއް އެ ދަނޑު ބޭނުންވާކަމުގައި ވަނީނަމަ ދަނޑުބިމަށް އެދޭ ފޯމު ފުރިހަމަ ކުރައްވާއިރު މިހާރު ބޭނުން ކުރަމުންދާ ބިމުގެ ނަންބަރު އަދި އެގްރީމަންޓްގެ ނަންބަރު ޖެއްސެވުން އެދެމެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ބިމަށް ވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ ބިންދޫކުރާނީ ގުރުއަތުލައިގެންނެވެ. ނަމަވެސް ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ހުށަހަޅާފައިވާ ފަރާތް މަދުނަމަ ހުށަހެޅި ފަރާތްތަކަށް ބިންދޫކުރެވޭނެއެވެ.

މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ފެބުރުވަރީ 2024
ހޯދާ