އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓްގެ ޚިދުމަތް އަވަސްކުރުމާބެހޭ

އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ)ގެ ޚިދުމަތް އަވަސްކުރުމާބެހޭ

މިއެޖެންސީން ދޭ ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) އާ ގުޅޭ ހުރިހާ ޚިދުމަތެއް އަވަސްކުރުމަށާއި ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އީ.އައި.އޭ އެޕްލިކޭޝަން ފޯމާއެކު ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދައަށް އެދޭ ފޯމު ބަލައިގަންނަގޮތަށް ހަމަޖެހިފައިވާކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

މީގެއިތުރުން އީ.އައި.އޭ ހެދުމަށް ބޭނުންވާ ޓާރމްސް އޮފް ރެފަރެންސް ފާސްކުރުމާއެކު، ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ރުއްގަސް ކެނޑުމާއި، އުފުރުމާއި ނެގުމަކާ ނުލައި އަދި ތިމާވެށްޓަށް ގެއްލުން ނުވާގޮތަށް އަންނަނިވި ކަންތައްތައް ކުރުމަށް މި އޭޖެންސީން ހުއްދަ ދޫކުރާ ގޮތަށް ހަމަޖައްސައިފީމެވެ.

  1. މަސައްކަތް ފެށުމަށް ތައްޔާރުވުމަށްޓަކައި ސައިޓަށް ބޭނުންވާ މުދަލާއި މެޝިނަރީ އަރުވައި ޖަމާކުރުން.
  2. މަސައްކަތްކުރާ މީހުން ދިރިއުޅުމަށް، ވަގުތީ ހިޔާ ހެދުން
  3. މަސައްކަތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުން.

މަތީގައި ދެންނެވުނު ކަންކަން ކުރުމުގައި ފަޅުކޮނުމާއި، ފަޅުފުންކުރުމާއި، ނެރުކެނޑުމާއި އަދި ބޮޑެތި ރުއްގަސް ކެނޑުން ހިމެނޭނަމަ އެކަންކުރަންވާނީ އީއައިއޭ ހަދައި ނިންމިގޮތުގެ ލިޔުން ލިބުމަށް ފަހުގައެވެ.

09 އޭޕްރިލް 2015
ހޯދާ