ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖެނެރަލް މެއިންޓަނަންސް, ސަޕޯރޓް އެސިސްޓެންޓް، އެސިސްޓެންޓް ޓެކްނީޝަނުން / ޓެކްނީޝަނުން، އެޑްމިނިސްޓްރޭޓިވް ދާއިރާ، ބިޒްނަސް އެންޑް މާރކެޓިންގ

ވަޒީފާގެފުރުޞަތު

މިކުންފުނީގެ މިދަންނަވާ ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ވަޒީފާގެ ދާއިރާ:

  • ޖެނެރަލް މެއިންޓަނަންސް
  • ސަޕޯރޓް އެސިސްޓެންޓް
  • އެސިސްޓެންޓް ޓެކްނީޝަނުން / ޓެކްނީޝަނުން
  • އެޑްމިނިސްޓްރޭޓިވް ދާއިރާ
  • ބިޒްނަސް އެންޑް މާރކެޓިންގ

ފެންވަރު ނުވަތަ ޝަރުޠު:   

ކުންފުނީގެ އޮނިގަނޑުން އެކަށީގެންވާ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

22 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 22 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވ

10 ޝައުބާން 1445

20 ފެބުރުވަރީ 2024

19 ފެބުރުވަރީ 2024
ހޯދާ