ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2024 - އިލެކްޓްރޯނިކް ނިޒާމު މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވައިލުން

17 މާރިޗު 2024 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

އެހެންކަމުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން މި އިންތިޚާބުގައި ވޯޓުލުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމް: https://forms.gle/j7XKFDRxqHAfLNoy8  މެދުވެރިކޮށް، 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ، އެފަރާތްތަކުންވެސް މަތީގައިވާ ފޯމު މެދުވެރިކޮށް މަޢުލޫމާތު އަޕްޑޭޓްކުރެއްވުން އެދެމެވެ.

އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވާކަށްނުޖެހޭނެއެވެ.

އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފްތަރު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

20 ފެބުރުވަރީ 2024
ހޯދާ