ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ގުޅޭ

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ގުޅޭ

                                                                      

ރައީސުލްޖުމްހޫރިއްޔާ 2024 ފެބްރުވަރީ 21 ވާ ބުދަ ދުވަހު ގައްދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ގައްދޫގެ އެންމެހައި ރައްޔިތުން 2024 ފެބްރުވަރީ 21 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އަށް ގައްދޫ ދެކުނު ބަނދަރު ގިޑިގެ ސަރަހައްދަށް ވަޑައިގެން ދެއްވުން އެދެމެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާތީ 2024 ފެބްރުވަރީ 21 ވާ ބުދަ ދުވަހުގެ ހެނދުނު 10:45 އަށް ގދ. އަތޮޅުމަދަރުސާ އަށް ވަޑައިގެން ދެއްވުން އެދި އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

20 ފެބުރުވަރީ 2024
ހޯދާ