މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނައަހަރު ރަމަޟާންމަހު މަސްޖިދުލްފުރުޤާން މިސްކިތުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭން އަންނަ ހާފިޡުގެ ހުރުމާއި، ކެއުމާއި އެހެނިހެން ޚިދުމަތްތަކާއި ގުޅޭ

1445 ވަނައަހަރު ރަމަޟާންމަހު މަސްޖިދުލްފުރުޤާން މިސްކިތުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭން އަންނަ ހާފިޡުގެ ހުރުމާއި، ކެއުމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވިފައިވާ ނަންބަރު  އިޢުލާނާގުޅިގެން، އިޢުލާނުގައި ބަޔާންކޮށްފައިވާފަދަ ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އިސްވެދެންނެވުނު އިޢުލާން ބާޠިލްކޮށް، ތަރާވީޙް ނަމާދުކޮށްދޭން އަންނަ ހާފިޡުގެ ހުރުމާއި، ކެއުމާއި އެހެނިހެން ޙިދުމަތްތައް ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ޢާއްމުކޮށް ހުޅުވާލީމެވެ.

 ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބުރުވަރީ 2024 އިން ފެށިގެން
27 ފެބުރުވަރީ 2024 ގެ ނިޔަލަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ހަމަ މީގެ އިތުރު މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. ވީމާ، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] މެއިލް އަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވައިދެއްވުން އެދެމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރީ ކުރުން

21 ފެބުރުވަރީ 2024

ބުދަ

11:00

އަންދާސީ ހިސާބު ހުށައެޅުން

29 ފެބުރުވަރީ 2024

ބުރާސްފަތި

13:00

 

 

 ތަފްސީލް

ދެވޭ ޕޮއިންޓް

އަގަށް (އެންމެ ދަށްއަގު ހުށަހަޅާ ފަރާތަކަށް) އެހެން ފަރާތްތަކަށް ޕޮއިންޓް ދެވޭނީ އެންމެ ދަށްއަގުގެ ނިސްބަތުންނެވެ.

75

ކޮޓަރީގެ ފެންވަރު (ސާފުތާހިރު ކަމާއި ކޮޓަރިން ލިބެންހުރި ޚިދުމަތްތައް)

10

މިސްކިތާއިހުރި ދުރު / ކައިރި މިން (މި ކެޓަގަރީން ފުލް މާރކްސް ލިބޭނީ މިސްކިތާއި އެންމެ ކައިރި ތަނަކަށެވެ)

10

ފަރިއްކޮޅުގެ އިންތިޒާމް ހަމަޖެއްސެވުން (ތަނުގެ ސާފުތާހިރު ކަމަށާއި އިންތިޒާމް ހަމަޖެހިފައިވާ ގޮތް)

5

ޖުމްލަ

100

 

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

20 ފެބުރުވަރީ 2024
ހޯދާ