ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ ކައުންސިލް އިދާރާއަށް ބޭނުންވާ އޭ.ސީ ފޯރުކޮށް ދިނުމާއިގުޅޭ

ވޭމަންޑޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތައް 6 އޭ.ސީ، ގެނެސް ވޭމަންޑޫ މިސްކިތްތަކުގައި އޭ.ސީތައް އިންސްޓްރޯލް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށް ސީ.ސީ ކުރަންވާނެއެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

21 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 12:00 އަށް،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

29 ފެބުރުވަރީ 2024 ވަނަދުވަހުގެ 10:30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. 

 މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ތަކެތި ފޯރުކޮށް ދިނުމާއި އިންސްޓްރޯލް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 21 ފެބުރުވަރީ 2024 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.  

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

20 ފެބުރުވަރީ 2024
ހޯދާ