ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ 7 ވަނަ ބިޑް ކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

 

ތާރީޚް: 19 ފެބްރުއަރީ 2024

ނަންބަރ: (IUL)327-A/327/2024/48

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                     

ތިރީގައި އެވަނީ 19 ފެބްރުއަރީ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 7 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)     ނައިފަރުގައި ތަރައްޤީ ކުރެވެމުންދާ ފުޓްސަލް ދަނޑުގެ ފެންސް ހަދައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/30 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޓީ އޭ ސީ ކޮންސްޓްރަކްޝަންއަށް މި ބީލަން އެވޯޑް ކުރަން ފެންނަކަމަށް ނިންމުން.

2)     ނައިފަރު ބަނދަރުގައި ބެހެއްޓިފައިވާ ޔުޓިލިޓީ އައުޓްލެޓްތަކަށް ފެނާއި ކަރަންޓް (ފޭސް 3) ގުޅައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/29 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޓީ އޭ ސީ ކޮންސްޓްރަކްޝަންއަށް މި ބީލަން އެވޯޑް ކުރަން ފެންނަކަމަށް ނިންމުން.

3)     ނައިފަރު ކައުންސިލް ބެލުމުގެ ދަށުގައިވާ ގޯ ގްރީން ޕާކް މަރާމާތުކުރަމުން އަންނަ އެމް އެލް ކޮންސްޓްރަކްޝަނުން ފޮނުވާފައިވާ ސިޓީއާއި ގުޅިގެން މި ފަރާތުން 14 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވީނަމަވެސް، އެކަށީގެންވާ ސަބަބެއް ބަޔާންކޮށްދެވިފައިނުވާތީ، މި ފަރާތުން އެދިފައިވާ 14 ދުވަހުގެ ބަދަލުގައި މަސައްކަތް ނިންމުމަށް 7 ދުވަސް އިތުރުކޮށް އެގްރިމެންޓްއަށް ބަދަލު ގެންނަން ފެންނަކަމަށް ނިންމުން.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

                                 19 ފެބްރުއަރީ 2024

19 ފެބުރުވަރީ 2024
ހޯދާ