ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޮލާރޝިޕްގެ ފުރުސަތު

   ތ.މަޑިފުށީ ސުކޫލުގައި ތަޢުލީމު ޙާސިލުކުރާ ދަރިވަރުންގެ ތެރެއިން 2024 ވަނަ އަހަރު ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިންް 2 ދަރިވަރަކަށް ސްކޮލާރޝިޕް ދިނުމަށް ކައުންސިލުގެ 04 ވަނަ ދައުރުގެ 136 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. ސްކޮލާރޝިޕަށް ކޮލިފައިވާ ޝަރުތުތައް ތިރީގައި ދެންނެވިފައިވަނީ އެވެ. މި ޝަރުތުތައް ފުރިހަމަވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ލިބޭ 2 ދަރިވަރަށް ސްކޮލާރޝިޕް ދެވިގެންދާނެއެވެ.                                                                                         

ޝަރުތު

  • ޖީ.ސީ.އީ އޯ ލެވެލްގެ ދިވެހި އަދި އިސްލާމް މި 2 މާއްދާއާއި އެކު އިތުރު 5 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވުން     ނުވަތަ   
  • ޖީ.ސީ.އީ އޯ ލެވެލްގެ ދިވެހި އަދި އިސްލާމް މި 2 މާއްދާއާއި އެކު އިތުރު 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވުން      

        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ފެބުރުވަރީ 2024
ހޯދާ